އިޖުތިމާޢީ

ކޮވިޑަށް ފައްސިވި މިންވަރު އިތުރުވެ، ހުޅުމީދޫ މޮނީޓަރިންއަށް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ސ. ހުޅުމީދޫން ކޮވިޑް-19އަށް ފައްސިވަމުން އަންނަ ވޭދަނަތައް އިތުރުވުމުން، އެ ރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

އެނގިފައިވާ ގޮތުގައި ހުޅުމީދޫން ކޮވިޑްގެ ވޭދަނަތައް ފެންނަމުން އަންނަތާ ހަފްތާއެއް ވެއްޖެއެވެ. އަދި އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ ކޮވިޑް ވޭދަނަތައް ފެންނަ މިންވަރު އިތުރުވުމާ ގުޅިގެން ކަމަށް ވެސް އެނގިފައިވެއެވެ.

ހުޅުމީދޫއާ އެކު މިވަގުތު މޮނީޓަރިންގައި އޮތީ ރާއްޖޭގެ 23 ރަށެކެވެ. އެއީ:

▪︎ ރ. ދުވާފަރު
▪︎ އއ. ހިމަންދޫ
▪︎ އދ. ހަންޏާމީދޫ
▪︎ މ. މަޑުއްވަރީ
▪︎ ކ. ގާފަރު
▪︎ ޏ. ފުވައްމުލައް
▪︎ ގދ. މަޑަވެލި
▪︎ ތ. ވޭމަންޑޫ
▪︎ ލ. މުންޑޫ
▪︎ ށ. މިލަންދޫ
▪︎ އދ. މަހިބަދޫ
▪︎ ވ. ތިނަދޫ
▪︎ ށ. ކަނޑިތީމު
▪︎ ހދ. ނޮޅިވަރަމް
▪︎ މ. ވޭވައް
▪︎ ސ. ހިތަދޫ
▪︎ ސ. މަރަދޫ
▪︎ ސ. މަރަދޫފޭދޫ
▪︎ ސ. ފޭދޫ
▪︎ ހދ. ނޮޅިވަރަންފަރު
▪︎ ރ. މަޑުއްވަރި
▪︎ ސ. ހުޅުމީދޫ
▪︎ ރ. ރަސްމާދޫ

މީގެ ތެރެއިން އަދިވެސް އެންމެ ގިނަ ދުވަސް ވަންދެން މޮނީޓަރިންގައި އޮތީ ރ. ދުވާފަރެވެ. އެ ރަށް މޮނީޓަރިންއަށް ލައިފައި ވަނީ މެއި މަހުގެ 25 ވަނަ ދުވަހުން ފެށިގެންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!