އިޖުތިމާޢީ

ދެ އާއިލާއެއްގެ ހަމަނުޖެހުމެއްގެ ތެރޭގައި، ކަނޑުހުޅުދޫ އަންހެނުންތަކެއް މާރާމާރީ ހިންގައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ދެ އާއިލާއެއްގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގެ ތެރޭގައި، ގއ. ކަނޑުހުޅުދޫގައި އަންހެނުންތަކެއް މާރާމާރީއެއް ހިންގައިފިއެވެ.

Ads by MWSC

"ދެން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި މާރާމާރީ ހިނގައިފައި ވަނީ ތިން އަންހެނެއްގެ މެދުގައެވެ. އޭގެ ތެރެއިން އެކަކީ މާބަނޑު އަންހެނެއް ކަމަށާއި އަނެއް ދެ މީހުންގެ ތެރެއިން އުމުރުން 30 އަހަރުގެ އަންހެނަކަށް ބޮޑަށް އަނިޔާވެ، އޭނާގެ ނޭފަތް ވެސް ފަޅައިގެން ގޮސްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ނަން ހާމަ ނުކޮށް، މި މާރާމާރީއާ ގުޅިގެން "ދެން"އަށް މައުލޫމާތު ދެމުން، އަނިޔާވި އަންހެން މީހާގެ އާއިލާ މީހަކު ބުނީ، މާރާމާރީ ހިނގައިފައި ވަނީ އަނިޔާވި އަންހެންމީހާއާއި އޭނަގެ ކޮއްކޮއާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ އަންހެން ކުއްޖަކާއި އެ ކުއްޖާގެ މަންމައާ ދެމެދު ކަމަށެވެ.

"އަނިޔާވި އަންހެން މީހާ ކިޔޭ ކިޔާފައި އެ އަންހެން ކުއްޖާ (އަނިޔާވި އަންހެންމީހާގެ ކޮއްކޮ ލޯބީގެ ގޮތުން ގުޅިގެން އުޅޭ އަންހެން ކުއްޖާ) އެއްވެސް އެއްޗެއް ކީންތޯ ސުވާލު ކުރީ، ބުނީ އެއްވެސް އެއްޗެއް ނުކިޔަމޭ. ދެން އެތަނުން އެ ދެ މީހުން ކުރި ޒުވާބެއް ހޫނު ވެގެން އެތަނަށް އޭނަގެ މަންމައާ ދައްތަ ވެސް ގޮވައިގެން އެ އަންހެން ކުއްޖާ އައީ. އަނިޔާވި އަންހެން މީހާ ސައިކަލު މަތީގައި ހުއްޓާ ކޮށްޕާ ވައްޓައިލީ. އަދި ނޭފަތް މަތީގައި ދެ ފަހަރަށް ޖަހައި ނޭފަތް ފަޅައިލީ" މައުލޫމާތު ދިން ފަރާތުން ބުނެފައިވެއެވެ.

ނަމަވެސް މިކަމާ ގުޅިގެން، އަނިޔާ ކުރި ކަމަށް ބުނާ އާއިލާއިން "ދެން"އަށް މައުލޫމާތު ދެމުން ބުނީ، ނޭފަތް މަތީގައި ނުޖަހާ ކަމަށާއި ނަމަވެސް ކޮއްޕާލުމުން ގޮސް ސައިކަލުގައި ޖެހިގެން ނޭފަތް ފަޅައިގެން ދިޔައީ ކަމަށެވެ.

މި މާރާމާރީގައި އަނިޔާވި ފަރާތަށް ކަނޑުހުޅުދޫ ސިއްޙީ މަރުކަޒުން ވަނީ ފަރުވާ ދިނުމަށް ފަހު ދޫކޮށްލައިފައެވެ. މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ކަނޑުހުޅުދޫގައި އަންހެނުންތަކެއްގެ މެދުގައި މާރާމާރީއެއް ހިނގާފައިވާ ކަމުގެ މައުލޫމާތު މިއަދު ހެނދުނު 10:30 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Ads by HDC
  1. ރަދީފް

    އަންހެނުން ބާރުވެރިކުރެވިއްޖެ.ދެރަކަމެއް.އަނިޔާ ލިބުނު ހުރިހާ މީހުންނަށް އަވަސް ޝިފާއެއް މިންވަރުކުރައްވާށި.އާމީން

    • ށަވިޔަނި

      ރުޅިއިސް ކުރުމުގެ ކުރިން ބުއްދީގެ ބޭނުން ހެޔޮ ގޮތުގައި ހިފުން އައުލާ ކަންބޮޑު

  2. ވިސްނާ

    އަންހެނުންނަށް ށަވިޔަނި ބުނިނަމަވެސް އިސްކުރެވޭނީ ރުޅި ބުއްދި އެއީ އަންހެންވެރިން ރުޅިއައިމާ އޮންނަ އެއްޗެއްނޫން

  3. ފިރެހެނެއް

    އަންހެނުން މާރާމާރީ ހިންގިޔަސް ހައްޔަރެއް ނުކުރޭ އެކަމު ދެ ފިރެހެނުން މާރާމާރީ ހިންގައިފިއްޔާ ހައްޔަރުކުރޭ

  4. ފޮޑި

    ފިރިހެނުން މާރާމާރީ ހިންގާ އަބަދު، އަންހެނުންތަކެއް މިކަން ކުރީމާ، ހެޑްލައިަނަށްވެސް “އަންހެނުން” ތަކެއްކަން އަރައިފި. އަންހެނުން ބާރު ކުރެއްވެޖެއެްނުހޭ، އަންހެނުން ރުޅިއައިމަ ބުއްދި ބޭނުމެއް ނުކުރެއޭ ފޮޑިއޭ ކިޔަނީތި ބުއްދި ވަރަށް ފުރިހަމަ މީހުންގެ ކޮމެންޓްމީ، އަންތަރީސް ވެއްޖިން.