ޚަބަރު އިޖުތިމާޢީ

ދިވެހިންގެ އެހީއާ އެކު ސީރިޔާގެ 15 ކުއްޖަކު ގުރުއާން ހިތުދަސްކޮށްފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން
އައިއޭސީގެ އެހީ ލިބެމުން ދިޔަ ގުރުއާން ކުލުން ހާފިޒުކަން ހާސިލުކުރ ބައެއް ދަރިވަރުން/ ފޮޓޯ އައިއޭސީ ފޭސްބުކް ޕޭޖް

ދުނިޔޭގެ އެކި ގައުމުތަކުގައި ފަގީރު ހާލުގައި އުޅެމުންދާ މީހުންނަށް ދިވެހިންގެ ފަރާތުން އެހީ ފޯރުކޮށްދޭ ދިވެހި ޖަމްއިއްޔާއެއް ކަމުގައިވާ އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިންގެ އެހީ ލިބެމުންދާ ގުރުއާން ކުލާހެއްގައި ކިޔަވާ ސީރިޔާގެ 15 ކުދިން ގުރުއާން ހިތުދަސްކޮށްފިއެވެ.

Ads by Sosun Fihaara

އައިއޭސީގެ ފޭސްބުކް ޕޭޖުގައި ބުނެފައިވާގޮތުގައި ތުރުކީގައި ހުރި އެ ގުރުއާން ކުލާހުން ކިޔަވައިގެން ގުރުއާން ހިތު ދަސްކޮށްފައިވަނީ ސީރިޔާއިން ތުރުކީއަށް ރެފިއުޖީންގެ ގޮތުގައި ގޮސްފައިވާ ކުދިންނެވެ.

"އައިއޭސީގެ އެހީ ލިބެމުން ގޮސްފައިވާ ތުރުކީގައި ހުރި ސީރިޔާ ރެފިޔުޖީ ކުދިންނަށް ކިޔަވައިދޭ ޤުރްއާން ކްލާހެއްގެ 15 ކުއްޖަކު ޤުރްއާން އެކަށް ހިތުދަސް ކުރުން ވެގެން ގޮސްފައި މިވަނީ އަޅުގަނޑުމެނަށް ލިބުނު ވަރަށް ބޮޑު އުފާވެރިކަމަކަށެވެ." އައިއޭސީ ގެ ޕޯސްޓުގައި ބުނެފައިވެއެވެ.

މީގެ އިތުރުން އައިއޭސީގެ ފަރާތުން ދިވެހިރައްޔިތުންގެ އެހީގެ ގޮތުގައި ވަނީ މި މަރުކަޒު ކުދިން ނިދުމަށް ޓަކައި ގޮދަޑި، ކިޔެވުމަށް މޭޒާއި އެކު ގޮނޑި ، ޕޯޓަބަލް އޭސީ، އަދި މުސްޙަފު ބަހައްޓަން ހާއްސަ 85 މޭޒެއް ހަދިޔާ ކޮށްފައިކަމަށް ވެސް އައިއޭސީއިން ވަނީ ބުނެފައެވެ.

އައިއޭސީ އިން އިތުރަށް ބުނެފައި ވަނީ ތުރުކީގައި ހިންގާ އެމަރުކަޒު ތަރައްޤީކޮށް އިތުރަށް މަރާމާތު ކުރުމަށް ވެސް ބޭނުންވެފައިވާ ކަމަށާއި މިފަދަ ޕްރޮޖެކްޓްތަކަށް އައިއޭސީގެ ހޯމް ޕްރޮޖެކްޓް މެދުވެރިކޮށް އެހީ ފޯރުކޮށްދެމުންދާނެ ކަމަށެވެ.

  1. އަލްހަމްދުލިﷲ