Wednesday, 4 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

މަޓީގެ އަހަރީ އާއްމު ޖަލްސާ ބާއްވައިފި

މަޓީގެ އަހަރީ އާއްމު ޖަލްސާ ބާއްވައިފި
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ، މަޓީގެ އަހަރީ އާއްމު ޖަލްސާ ބާއްވައި، ހިންގާ ބޯޑަށް މެމްބަރުން އައްޔަންކޮށްފިއެވެ. މި ޖަލްސާ ބާއްވައިފައި ވަނީ ވަރޗުއަލްކޮށެވެ. މި ޖަލްސާގައި މަޓީގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކް) އަދި މަޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ނަޒީރު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އެ ޖަމިއްޔާގެ 78 މެންބަރުން ބައިވެރިވި މި ޖަލްސާގައި ހިންގާ ކުރިއަށް އޮތް އަހަރަށް މަޓީގެ ހިންގާ ބޯޑަށް މެންބަރުން އައްޔަން ކުރުން ކުރިއަށް ދިޔައެވެ. އެ ގޮތުން ބޯޑުގެ ޗެއާމަންގެ ގޮތުގައި މުހައްމަދު އުމަރު މަނިކު އަދި ވައިސް ޗެއާމަންގެ ގޮތުގައި ހުސެއިން އަފީފު އާއި ސޮލާހު ޝިހާބު އައްޔަން ކޮށްފައިވެއެވެ. ސެކްޓަރީ ޖެނެރަލް ގެ ގޮތުގައި އަހުމަދު ނަޒީރު އައްޔަން ކުތި އިރު ޑެޕިއުޓީ ސެކްޓަރީ ޖެނެރަލްއަކީ އައްސަދު އަލީއެވެ. އަދި ފައިނޭންޝަލް ކޮންޓްރޯލަރއަކީ އަހުމަދު ހަފީޒުއެވެ.

އެގްޒެކެޓިވް ބޯޑު މެންބަރުންގެ ގޮތުގައި އައްޔަން ކުރެއްވި 10 ބޭފުޅުން

  • އެގްޒެކެޓިވް ބޯޑު މެންބަރު: އަހުމަދު ސިޔާމް މުހައްމަދު
  • އެގްޒެކެޓިވް ބޯޑު މެންބަރު: އިބްރާހިމް ސިޔާދު ގާސިމް
  • އެގްޒެކެޓިވް ބޯޑު މެންބަރު: އިބްރާހިމް ނޫރައްދީން
  • އެގްޒެކެޓިވް ބޯޑު މެންބަރު: އިޔާޒް ވަހީދު
  • އެގްޒެކެޓިވް ބޯޑު މެންބަރު: އިބްރާހިމް ޝިޔާން ގާސިމް
  • އެގްޒެކެޓިވް ބޯޑު މެންބަރު: ވިޝާ މާހިރު
  • އެގްޒެކެޓިވް ބޯޑު މެންބަރު: ޒުހައިލާ މަނިކް
  • އެގްޒެކެޓިވް ބޯޑު މެންބަރު: އައިޝަތު ނީނާ އަހުމަދު
  • އެގްޒެކެޓިވް ބޯޑު މެންބަރު: ޒުލައިހާ މަނިކު
  • އެގްޒެކެޓިވް ބޯޑު މެންބަރު: ގޯޑަން އެންޑްރިއު ސްޓުއާޓް
މިޖަލްސާގައި ނިމިދިޔަ އަހަރު މަޓީ އިން ކުރެވުނު މަސައްކަތާއި ހިންގުނު ހަރަކާތްތަކުގެ ވީޑިއޯ ޕްރެޒެންޓޭޝަނެއް ހުށަހެޅުމާއި 2020 ވަނަ އަހަރުގެ އަހަރީ ހިސާބާއި 2021ވަނަ އަހަރުގެ ބަޖެޓު ފާސްކުރުން ކުރިއަށް ދިޔައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް