ދިޔާނާއާ ކައިވެނި ރުޖޫޢަ ކޮށްފިން، ޙަފްލާ ބޭއްވުމަށް ހަމަޖައްސަމުން މިދަނީ އަޅުގަނޑުގެ އުފަން ދުވަހުގައި: ޖާބިރު
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރުއާއި ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދުގެ ކައިވެނި އަލުން ރުޖޫޢަ ކުރައްވައިފިއެވެ.
ކައިވެނި ރުޖޫޢަ ކުރައްވައިފިކަން "ދެން"އަށް ޔަގީން ކޮށްދެއްވަމުން ޑީއާރްޕީގެ ލީޑަރުކަން ވެސް ކުރައްވާ ޖާބިރު ވިދާޅުވީ، އާއިލާ ރޫޅިގެން ފުނޑު ފުނޑުވުމަކީ އެމަނިކުފާނު ދުވަހަކުވެސް ބޭނުންވެވަޑައިގަތް ކަމެއް ނޫން ކަމަށެވެ.
މީގެ އިތުރުން ޖާބިރު ވިދާޅުވީ އާއިލީ ގުޅުމަކީ އެންމެ ފަހު ވަގުތު ވެސް ރޫޅައިލަން ޖެހޭނެ އެއްޗެއް ނޫން ކަމަަށާއި އާއިލާ ރޫޅިގެން ފުނޑުފުނޑުވުމަކީ އެމަނިކުފާނު ދުވަހަކު ވެސް ބޭނުންވެވަޑައިގަތް ކަމެއް ނޫން ކަމަށެވެ.
"ދެ މީހުންގެ ދޭތެރޭގައި ހުންނަ ލޯތްބާއި ދަރިންގެ މެދުގައި ހުންނަ ލޯތްބާ ވަރަށް ގިނަ ކަންކަން ކައިވެނީގެ ގުޅުމުގައި އެކުލެވިގެންވޭ. ބުނެވޭ އެއްޗަކުން ބޮޑެތި އާއިލާ އެއްކޮށް ފުނޑުފުނޑުވެގެން ދިޔުމަކީ އާދަކާދައިގެ ތެރެއިން ހިމެނޭ ކަމަކަށް ވާކަށް އަޅުގަނޑު ބޭނުމެއް ނޫން" ޖާބިރު ވިދާޅުވިއެވެ.
ޖާބިރު އިތުރަށް ވިދާޅުވީ، ކައިވެނި ރުޖޫޢަ ކުރުމުގެ އުފަލުގައި ބޮޑު ޙަފްލާއެއް އެމަނިކުފާނުގެ އުފަން ދުވަހު ބޭއްވުމަށް ނިންމައިފައިވާ ކަމަށެެވެ.
ޖާބިރުގެ އުފަން ދުވަހަކީ އަންނަ މަހުގެ 6ވަނަ ދުވަހެވެ. އޭނާ ވިދާޅުވި ގޮތުގައި އުފަން ދުވަހާއި ކައިވެނި ރުޖޫޢަ ކުރުމުގެ ޙަފްލާ ބާއްވަން ގަސްތުކޮށްފައިވަ ނީ ބޮޑުމޮހޮރާގައި ނުވަތަ ތުރުކީގައެވެ.
ދިޔާނާއާ ޖާބިރު ވަރިވެފަައި ތިބިކަން ދިޔާނާ ހާމަ ކުރެއްވީ މިދިޔަ މަހުގެ 12ވަނަ ދުވަހުގައެވެ. ނަމަވެސް އޭރު ވެސް ޖާބިރު ވިދާޅުވީ ވަރި ނުކުރައްވާ ކަމަށާއި ބްރޭކެއް ނެންގެވީ ކަމަށެވެ.
ރާބޯމީހުންގެ އާދަ. ރަލާ މަސްތުވަ ތަކެއްޗަކީ ހުރިހާ ނުބައި ކަމެއްގެ މަންމަ. ރުޖޫއުކޮށް އުފަން ދުވަސް ފާހަގަކުރަން އުފަންދުވަހުގެ ހެދުމުގައި މަގުމައްޗަށް ބޮއިގެން ނުނިކުންނާތި. ދިޔާނާ ފައިސައަށް ގޮސް ހުސްވެފަ. ވަރިކުރީމާ ކުރު ޓައިޓކޮޅެއލައިގެނ ފަތިހު މާލެވަށާދުވެ ޓްރެކަށް ވަދެ އެތަނުގައި ތިބމީހުންވެސް ހައިރާންކޮށްލި. އަގެއް ނެތް ބައެއް.