ޚަބަރު

ނަފްސާނީ ދުޅަހެޔޮކަމުގެ ސްކޮލަރޝިޕްތަކަށް އެދުމުގެ ފުރުޞަތު ހުޅުވައިލައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ނަފްސާނީ ދުޅަހެޔޮކަމާ ގުޅުންހުރި ދާއިރާތަކުން މާސްޓަރސް ފެންވަރަށް ކިޔަވަން ބޭނުންވާ ފަރާތްތަކަށް ސްކޮލަރޝިޕްތަކަށް ކުރިމަތި ލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ހުޅުވާލައިފިއެވެ.

Ads by Hajj Corporation

މިނިސްޓްރީން ވިދާޅުވީ މި ކޯސްތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ކޯހާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ޙާސިލުކޮށްފައިވުން ނުވަތަ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު (އެމް.އެން.ކިޔު.އެފް)ގައި ވާގޮތުން، މާސްޓަރސް ފެންވަރުގެ ކޯހެއްގައި ބައިވެރިވުމުގެ ޝަރުތު ފުރިހަމަވާން ޖެހޭނެކަމަށެވެ. އަދި ކޯސް ފުރިހަމަ ކުރުމަށް އެދޭ ޔުނިވަރސިޓީގެ ފަރާތުން ކަނޑައަޅާ ކްރައިޓީރިއާ ފުރިހަމަވާންޖެހޭނެ ކަމަށެވެ.

ސްކޮލަރޝިޕް ތަކުގައި ކިޔެވުމަށް ހުޅުވާލާފައިވާ ކޯސްތަކާއި އެކޯސްތައް އެލޮކޭޓް ކޮށްފައިވާ މުވައްސަސާތައް

އައިޖީއެމްއެޗް

މާސްޓަރސް އިން ނާރސިންގ (ސައިކިއޭޓްރިކް ނާރސިން/މެންޓަލް ހެލްތު ނާރސިން) - 4 ފުރުޞަތު
މާސްޓަރސް އިން ކްލަނިކަލް ސައިކޮލޮޖީ - 2 ފުރުޞަތު
މާސްޓަރސް އިން ކައުންސެލިން/ސައިކޯތެރަޕީ - 2 ފުރުޞަތު
މާސްޓަރސް އިން ސައިކިއޭޓްރީ - 2 ފުރުޞަތު

މިނިސްޓްރީ އޮފް ހެލްތު

މާސްޓަރސް އިން އެޑިކްޝަން ސްޓަޑީޒް/އެޑިކްޝަން މެނޭޖްމަންޓް - 5 ފުރުޞަތު
މާސްޓަރސް އިން ނާރސިން - 5 ފުރުޞަތު
މާސްޓަރސް އިން ކްލިނިކަލް ސައިކޮލޮޖީ - 6 ފުރުޞަތު
މާސްޓަރސް އިން ކައުންސެލިން - 7 ފުރުޞަތު

މިނިސްޓްރީ އޮފް ޖެންޑަރ ފެމެލީ އެންޑް ސޯޝަލް ސަރވިސަސް

މާސްޓަރސް އިން ނާރސިންގ (ސައިކިއޭޓްރިކް ނާރސިން/މެންޓަލް ހެލްތު ނާރސިން) - 2 ފުރުޞަތު
މާސްޓަރސް އިން ކްލިނިކަލް ސައިކޮލޮޖީ - 2 ފުރުޞަތު
މާސްޓަރސް އިން ކައުންސެލިން/ސައިކޯތެރަޕީ - 1 ފުރުޞަތު

މިނިސްޓްރީ އޮފް އެޑިއުކޭޝަން

މާސްޓަރސިން އިން ލާރނިން ޑިސްއެބިލިޓީސް - 8 ފުރުޞަތު

ކިޔެވުމަށް ހިނގާ ހުރިހާ ޚަރަދެއް ސަރުކާރުން ކުރާގޮތަށް ހަމަޖައްސައިފައި ވަނީ 46 ސްކޮލަރޝިޕް ފުރުސަތެވެ. އެޑިއުކޭޝަނުން ވިދާޅުވީ މިދާއިރާއިން ކިޔެވުމުގެ ފުރުޞަތު ދިނުމަށް ނިންމައިފައި ވަނީ މިދާއިރާއަކީ ތަމްރީންވެފައިވާ މީހުން ރާއްޖެއަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ ދާއިރާއެއް ކަމަށްވުމުން ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

Ads by Ooredoo
  1. ށަވިޔަނި

    މުޅި ރާއްޖެއަށް ބަލާއިރު ތިޢަދަދު މަދު ހެން ހީވަނީ