ޚަބަރު

ގާތުން ބޯން އޮއްވާ އެއް މަހުގެ ކުއްޖަކު ނިޔާވެއްޖެ

ރައުފާ ރަޝީދު ، ދެން އޮންލައިން

އއ. ބޮޑުފުޅަދޫގައި އެއް މަހުގެ ތުއްތު ކުއްޖަކަށް ގާތުން ކިރު ދެނިކޮށް އެ ކުއްޖާ ނިޔާވެއްޖެއެވެ.

Ads by MWSC

އެ ރަށުން “ދެން” އަށް މައުލޫމާތު ދިން މީހަކު ބުނީ އެ ކުއްޖާ އެ ރަށު ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޮތީ ނިޔާވެފައި ކަމަށެވެ.

“ދެން” އަށް މަޢުލޫމާތު ދެމުން ބޮޑުފުޅަދޫ ކައުންސިލް ރައީސް ޝުޖާޢު އާދަމް ވިދާޅުވީ ނިޔާވެފައި ވަނީ އެއް މަހާ 5 ދުވަހުގެ ކުއްޖެއް ކަމަށެވެ. އެ ކުއްޖާ ނިޔާވީ ބުއް ދޭން އޮއްވާ ކަމަށާއި މަންމަ އެވަގުތު އޮތީ ނިދިފައި ކަމަށެވެ. މަންމައަށް ހޭލެވުނު އިރު އެ ކުއްޖާ އޮތީ ހޮޑު ލެވިފައި ކަމަށާއި ނޭފަތުން ލޭވެސް އައިސްފައި ހުރި ކަމަށެވެ. އަދި ވަގުތުން ހޮސްޕިޓަލަށް ގެންދެވުނު ކަމަށެވެ.

“އެ ކުއްޖާގެ މަންމަ އޮތީ ނިދިފަ އެގަޑީގަ. ހޭލެވިގެން ބަލާލިއިރު ކުއްޖާގެ އެއްވެސް ހަރަކާތެއް ނެތް. ހޮޑުވެސް ލެވިފަ އޮތީ. ނޭފަތުން ލޭ ވެސް އައިސްފަ. ދެން އެ އާއިލާއިން ބެލީ ވީ އެންމެ އަވަހަކަށް ހޮސްޕިޓަލަށް ގެންދެވޭތޯ. ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދެނީ” ޝުޖާޢު ވިދާޅުވިއެވެ.

ކުއްޖާ މަރުވީ އިއްޔެ ހެނދުނު 11:40 ހާއިރު ކަމަށް ޝުޖާއު ވިދާޅުވިއެވެ. އެ ރަށު ހޮސްޕިޓަލުން މައުލޫމާތު ދޭ ގޮތުގައި މި ހާދިސާގައި ކުއްޖާ މަރުވީ ފުއްޕާމެ އަށް ކިރު ގޮސްގެންނެވެ.

Ads by HDC
  1. ޢަހަރެން

    އެ ކުޑަކުޑަ މައުސޫމް ފުރާނައަށް ސުވަރުގެ މިންވަރުކުރައްވައި ކުއްޖާގެ މަންމައަށާއި އާއިލާއަށް ކެތްތެރިކަން ދެއްވާށި.އާމީން

  2. ށަވިޔަނި

    ވަރަށް ދެރަވެއްޖެ. މައުސޫމު ކުޑަ ކުއްޖާއށް ސުވަރުގެ މިންވަރު ކުރަށްވާށި. ޢާއިލާއަށް ކެތްތެރިކަން ދެއްވާށި އާމީން.