ތިންވަނަ ފަހަރަށް ބަދަލުކޮށް ސާފް ޗެމްޕިއަންޝިޕްގެ ޝެޑިއުލް ނެރެފި

ރާއްޖޭގައި ބޭއްވުމަށް ތައްޔާރުވަމުންދާ ސާފް ޗެމްޕިއަންޝިޕުގެ ސެޑިއުލް ތިންވަނަ ފަހަރަށް ބަދަލުކޮށް ރާއްޖޭގެ ފުރަތަމަ މެޗް ރޭގަނޑު ކުޅޭ ގޮތަށް ހަމަޖައްސައި ޝެޑިއުލް އާއްމުކޮށްފިއެވެ.
މިހާރު ޝެޑިއުލް ހަމަޖެހިފައިވާ ގޮތުން ރާއްޖެ ކުޅޭ ފުރަތަމަ މެޗު އޮންނާނީ އަންނަ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުގެރޭ 9 ޖަހާއިރުގައެވެ. މިމެޗުގައި ރާއްޖެ ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ.
ސާފް ޗެމްޕިއަންޝިޕްގެ ޝެޑިއުލް ތިންވަނަ ފަހަރަށް ބަދަލުކޮށްފައިވާއިރު އެފްއޭއެމްއިން ބުނީ ރާއްޖޭގެ ފުރަތަމަ މެޗް ރޭގަނޑަށް ބަދަލުކުރީ މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ރޭގަނޑު ބާއްވާ ގޮތަށް ނިންމުމުން ކަމަށެވެ.
މިމުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖެ ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ. ރާއްޖޭގެ ދެވަނަ މެޗުގައި އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ކުޅޭނީ ބަނގްލަދޭޝްއާ ދެކޮޅަށެވެ. އެއަށް ފަހު ދެން ރާއްޖެ ނުކުންނާނީ އޮކްޓޯބަރު 10 ވަނަ ދުވަހު ލަންކާއާ ދެކޮޅަށެވެ. ރާއްޖެ ކުޅޭ ފަހު މެޗުގައި އޮކްޓޯބަރ މަހުގެ 13 ވަނަ ދުވަހު ނުކުންނާނީ އިންޑިޔާއާ ދެކޮޅަށެވެ.
އޮކްޓޯބަރު މަހުގެ 1ވަނަ ދުވަހު ފަށާ ސާފްޗެމްފިއަންޝިޕްގެ ފައިނަ،ލް މެޗު އޮންނާނީ އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހުގެ ރޭ 8 ޖަހާއިރުއެވެ.