ޚަބަރު

އައްޑޫ މުޒާހަރާ: ކުޑަ ކުއްޖާއާ ބެހުނު ކަމަށް ބުނާ ފުލުސް މީހާ ހައްޔަރު ކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އައްޑޫސިޓީ ހިތަދޫގައި ކުޑަ ކުއްޖަކާ ބެހުނު ކަމަށް ބުނާ ފުލުސް މީހާ ހައްޔަރު ކޮށްފިއެވެ.

Ads by Sosun Fihaara

އައްޑޫގައި ފުލުހަކު އުމުރުން 16 އަހަރުގެ ކުޑަ ކުއްޖަކު ރޭޕްކުރި މައްސަލައިގައި، އެ ފުލުސް މީހާ ހައްޔަރު ކުރުމަށް ގޮވައިލައި އާންމުން މިއަދު ހަވީރު ވަނީ މުޒާހަރާ ވެސް ކޮށްފައެވެ.

މިމުޒާހަރާގެ ބައިވެރިން ގޮވަމުން ދިޔައީ އެ ފުލުސް މީހާ އަވަހަށް ހައްޔަރު ކުރުމަށާއި ހިމާޔަތް ނުކުރުމަށެވެ. އަދި އާންމުންގެ ތެރޭގައި އޭނާ ބިޑި އަޅުވައިގެން ގެންދިޔުމަށާއި މޫނު ވެސް ނިވާ ނުކުުރުމަށް މުޒާހަރާގެ ބައިވެރިން ގޮވައިލިއެވެ.

އެނގިފައިވާ ގޮތުގައި މުޒާހަރާގެ ބައިވެރިންނާ ފުލުހުންނާ ކުރިމަތިލުމަކަށް ގޮސްފައި ވަނީ ވެސް ތުހުމަތު ކުރެވޭ މީހާއަށް ހިމާޔަތް ދީގެން ގެންދިޔުމުންނެވެ.

ފުލުސް މީހާ ހައްޔަރު ކޮށްފައިވަނީ، އޭނާގެ ގެ ކައިރީގައި މުޒާހަރާގެ ބައިވެރިން ތިބުމުން، އެ މީހާއަށް ހިމާޔަތް ދީގެން ފުލުހުންގެ އިދާރާއަށް ގެންގޮސްގެންނެވެ.

ތުހުމަތު ކުރެވޭ ފުލުސް މީހާ އެ ކުއްޖާ ރޭޕް ކުރަމުން ދިޔައީ ކުއްޖާގެ އުމުރުން 14 އަހަރުން ފެށިގެން ކަމަށާއި މިހާރު އެ ކުއްޖާގެ އުމުރުން 16 އަހަރު ކަމަށް މައުލޫމާތު ލިބެއެވެ.

އެ ކުއްޖާ ރޭޕް ކުރި ކަމަށް މީހާ ކަމަށް ބުނެ މީގެ ދުވަސްކޮޅެއް ކުރިން ފެށިގެން މީސް މީޑިއާގައި އަންނަނީ މީހެއްގެ ފޮޓޯ އާންމު ވަމުންނެވެ. އެ ޕޯސްޓުގައި ބުނެފައި ވަނީ ކުޑަ ކުއްޖާ ރޭޕް ކުރި މަންޒަރު ފެނުނީ އޭނާގެ އަންހެނުންނަށް ކަމަށާއި އެ ފުލުސް މީހާ ހައްޔަރު ކުރުމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!