Friday, 6 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

އިޓަލީގައި ދިވެއްސަކު އަނިޔާވެރި ގޮތަކަށް މަރައިލައިފި

އިޓަލީގައި ދިވެއްސަކު އަނިޔާވެރި ގޮތަކަށް މަރައިލައިފި

އިޓަލީގައި ދިވެއްސަކު އަނިޔާވެރި ގޮތަކަށް މަރައިލައިފިއެވެ.

މަރައިލައިފައި ވަނީ ހދ.ނޮޅިވަރަމްފަރު، އުމުރުން 44 އަހަރުގެ ވައިމަތީގޭ މަހްމޫދު އިމާދެވެ. އިމާދަކީ، އިޓަލީ މީހަކާ އިނދެގެން، އެ ގައުމުގައި ދިރިއުޅެމުން ދިޔަ މީހެކެވެ. މިވަގުތު އޭނާގެ އަންހެނުންނާއި ބަފައިބެ ހުރީ ނޮޅިވަރަމްފަރުގައެވެ.

ނޮޅިވަރަމްފަރުން "ދެން"އާ ވާހަކަ ދެއްކި މީހަކު އިމާދުގެ އާއިލާއާ ހަވާލާދީ ބުނެފައި ވަނީ އިމާދު މަރައިލުމަށް ފަހު ދަން ޖައްސައިފައިވާ ކަަމަށާއި އަތުގެ އިނގިލިތައް ވެސް ބުރިކޮށްލައިފައިވާ ކަމަށެވެ. ދަންޖައްސައިފައި ހުރީ، އޭނާ ދިރިއުޅެމުން ދިޔަ ގޭގައި ކަމަށްވެއެވެ.

Advertisement
HDC — Sidebar (box)

އެރަށުން މައުލޫމާތު ދިން މީހާ ބުނެފައި ވަނީ އިމާދަކީ މީގެ ކުރިން ސަފާރީއެއްގައި މަސައްކަތް ކުރަމުން ދިޔަ މީހެއް ކަމަށެވެ.

އިމާދު މަރައިލި ސަބަބު އެނގިފައިނުވާއިރު، މިހާތަނަށް ރާއްޖޭގެ ރަސްމީ އިދާރާއަކުން މިކަމާ ގުޅޭގޮތުން ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް