ޚަބަރު

މުސާރަ ކުޑަވުމުގެ މައްސަލައިގައި ވެސް ގޯސްވީ ކުރީ ސަރުކާރު!

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ސިވިލް ސާވެންޓުންގެ މުސާރަ ބޮޑު ކުރުމަށް މި ސަރުކާރުން ވަރަށް ރަނގަޅު މަސައްކަތްތަކެއް ކުރައްވައިފައިވާ ކަމަށާއި މުސާރަތައް ބޮޑުކުރުން ލަސްވެގެން އުޅެނީ ކުރީ ސަރުކާރުތަކުން އެ މަސައްކަތްކޮށްފައި ނެތުމުން ކަމަށް ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަލީމް (ދޮންބިލަތް) ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑު އަވަހަށް ނިންމުމަށް ގޮވައިލައި ރައްޔިތުންގެ މަޖިލީހަށް އެމަނިކުފާނު އަމިއްލައަށް ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން ވިދާޅުވީ، މުސާރައިގެ އޮނިގަނޑުގެ މަސައްކަތް ލަސްވަނީ ކޮންމެ ކަމެއްވެސް އަލުން ފަށައިގެން ކުރަން ޖެހޭތީ ކަމަށެވެ. އަދި އެކަން ލަސްވެފައި ވަނީ ކުރީގެ ސަރުކާރު ތަކުގެ ސަބަބުން ކަމަށް ދޭހަވާ ގޮތަށް ވާހަކަފުޅު ދެއްކެވިއެވެ.

"މީގެ ކުރީގައި އެކަން ނުކުރެވި ހުރީމާ، ކޮންމެ ކަމެއްވެސް އަލުން ފަށައިގެން ކުރަން ޖެހޭތީ. މިހާރުވެސް އެ ބޭފުޅުން އެބަހުރި 15 ވަރަކަށް އޮނިގަނޑު ހަދާ އެއަށް އަމަލު ކުރަން ފަށާ، 60 އޮނިގަނޑުގެ މަސައްކަތް ނިންމާ ޕޭ ކޮމިޝަނަށް ފޮނުވާފައި އެބަހުރި." ދޮން ބިލަތް ވިދާޅުވިއެވެ.

ދޮންބިލަތް ވިދާޅުވީ މި ރާއްޖޭގައި ސަރުކާރުގެ މުވައްޒިފުންގެ މުސާރަ އަބަދުވެސް ކުޑަ ކަމަށް ފާހަގަ ކުރެވޭ ކަމަށާއި މިއީ އެމްޑީޕީން އަބަދުވެސް ދައްކަމުން އަންނަ ވާހަކައެއް ކަމަށެވެ. އަދި 2018 ވަނަ އަހަރު ރިޔާސީ އިންތިޚާބު ވެސް އެމްޑީޕީއިން މިނިމަމް ވޭޖްގެ ވާހަކަ ދެއްކި ކަމަށާއި އެކަން ކުރުމަށް މިސަރުކާރުން މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، އަބުރުވެރި ދިރިއުޅުމެއް އުޅެން ރަނގަޅު އުޖޫރައެއް ބޭނުންވާ ކަމަށާއި މަސައްކަތުގެ މާހައުލުގައި ކަންނަތްވެގެންދަނީ ވެސް މަސައްކަތާއި އުޖޫރަ ނުބައްދަލުވުމުން ކަމަށެވެ.

"އެހެން ނޫނީ އަޅުގަނޑުމެންގެ ވުޒާރާތައް ހިންގުމުގައި ކަރަޕްޝަނާއި އަދި ޚިދުމަތް ދިނުމުގެ ފެންވަރަށް ވަރަށް ބޮޑެތި ދަތިތައް އެބަ އާދޭ. ގިނަ ވަގުތު އޮފީހުގައި ނުތިބެވޭ މައްސަލައަކީ ވެސް ސިވިލް ސާވިސްގެ މުސާރަ ކުޑަވުން ކަމަށް އަޅުގަނޑު ޤަބޫލު ކުރަނީ. އޮފީސްތަކުގައި ކުރާ މަސައްކަތްތަކުގެ ވަގުތު މަދުވަނީ ވެސް ފަރުވާ ކުޑަވަނީ ވެސް ހަމަ މުސާރައިގެ މައްސަލައިގައި." ދޮންބިލަތް ވިދާޅުވިއެވެ.

ދޮންބިލަތް އިތުރަށް ވިދާޅުވީ، ކުލިތަކާއި ދިރިއުޅުމުގެ ޚަރަދުތައް އިންތިހާއަށް ބޮޑު މާލޭގައި ދިރިއުޅޭ ފަރާތްތަށް އުޅެމުން އަންނަނީ ހިތްހަމަޖެހޭ ދިރިއުޅުމެއް ނޫން ކަމަށާއި މިކަން ބަދަލު ކުރަން ޖެހޭ ކަމަށެވެ. އަދި ސިވިލްސާވެންޓުންގެ މުސާރަ ބޮޑުކޮށް، އެއްހަމަ ކުރުމަކީ މިސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށް ވިދާޅުވިއެވެ.

"މިއަދު އަޅުގަނޑުމެންގެ ސިޔާސީ މަޤާމުތަކުގައި ޚާއްސަކޮށް މިނިވަން މުއައްސަސާތަކާ އަޅާ ބަލާއިރުގައި ސިވިލްސާވިސްގެ މުސާރަ ކުޑަ ކަމަށް ފާހަގަ ކުރެވޭ. ކުލިތައް އިންތިހާއަށް ބޮޑު ކޮންމެވެސް ގޮތަކަށް ދިރިއުޅޭ، އެ ދިރިއުޅުން ވެގެންދަނީ އެންމެ ހިތްހަމަ ޖެހޭ ދިރިއުޅުމަކަށް ނޫން" ދޮންބިލަތް ވިދާޅުވިއެވެ.

Ads by Allied Insurance
  1. ފަސްފަހެތިން ފަޑައި

    އެހެންވީމަ ރާއްޖޭގެ ފުޓްބޯޅަ ކުރިނާރާއިގެން މިއުޅެނީ ކުރިން ގަލޮޅު ދަނޑުގަ ކުޅުން ކުޅުންތެރިންގެ ސަބަބުން ދޯ.!! ދޮންބިލެތް ކަލޭގެ ލަދު ކޮބާ؟

  2. ޝަރަފުލް އަމީން

    ފުޓްބޯޅަ ކުރިއަށް ނުގޮސް އޮތީ ކުރިން ގަލޮޅު ދަނޑުގަ ކުޅުނު ޑިފެންޑަރުންގެ ސަބަބުން.ދޮންބިލެތަކީ ޑިފެންޑަރަށް.

  3. ޒބޒބ

    އެމްޑީޕީ ދައްކަނީ ހޮޅި ވާހަކަ. ސިވިލް ސާވަންޓުން އެއީ އެންމެން ވެރިކަމަށް އަންނަން ވީމައި ބޭނުން ކުރާބައެއް . ލިބުމުން ހަނދާން ނެތޭ. ދެފުތްކެހެރި ކަން.

  4. ޢަލީ

    ވަރަށް ރަނގަޅު ވާހަކައެއް ކުރީ ސަރުކާރުން ކީއްވެހޭ 5އަހަރު މުސާރަދޭވަރަށް މިސަރުކާރާ ފައިސާ ހަވާލްނުކުރީ
    ކީއްވެހޭ ހުރިހައި ކަމެއް ފުރިހަމަ ނުކޮއްދީ ފޭބީ ވެރިކަމުން ( ޔާމީން)