ޚަބަރު އިޖުތިމާޢީ

ޖެންޑާ މިނިސްޓްރީ ޒިންމާދާރު ކުރުވުމަށް "ރައިޒް އަޕް" މިރޭ މަގުމައްޗަށް!

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ހުޅުމާލޭ ފިޔަވަތީގެ ފުރާޅުމަތީގައި އެތަނުގައި އުޅޭ ކުދިންތަކެއް.. ފޮޓޯ/މީސްމީޑިއާ

ފިޔަވަތީގައި ހިނގައިދިޔަ ކަންތައްތަކުގެ ސަބަބުން ޖެންޑާ މިނިސްޓްރީ ޒިންމާދާރު ކުރުވުމަށް "ރައިޒް އަޕް"އިން އިސް ނަގައިގެން މިރޭ މުޒާހާރާ ކުރުމަށް މަގުމައްޗަށް ނުކުތުމަށް ނިންމައިފިއެވެ.

Ads by STELCO

ރައިޒް އަޕްގެ ސްޕޯކްސް ޕާރސަން ނާއިލް އަލީ "ދެން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިރޭ އުރީދޫ އޮފީސް ކުރިމަތީ ބާއްވާ މުޒާހަރާގެ މައިގަނޑު މަގްސަދަކީ މިފަހުން ފިޔަވަތީގައި ހިނގައިދިޔަ ފަދަ ކަންތައްތައް ހިނގުން ހުއްޓުވުމަށް ޖެންޑާ މިނިސްޓްރީ ޒިންމާދާރު ކުރުވުން ކަމަށެވެ.

"އަޅުގަނޑުމެންނަން މިފާހަގަވީ މިފަދަ ކަންކަން މިދިމާ ވަނީ ކުދިންނަށް ބޭނުންވާ މެންޓަލް ފެސިލިޓީ އެ އެހީތެރިކަން ޖެންޑާ މިނިސްޓްރީއަށް އެތަނަށް ފޯރުކޮށް ނުދެވޭތީކަން. އެހެންވީމަ މެއިން ޑިމާންޑަކަށް މިވަނީ އެ ފަދަ ފެސިލިޓީތަކާއި ކޮލިފައިޑް މުއައްޒަފުންނާއި އެވަރުގެ ބަޖެޓެއް އެތަނަށް ފޯރުކޮށްދިނުން" ނާއިލް ވިދާޅުވިއެވެ.

ނާއިލް ވިދާޅުވީ މިރޭ 8 ޖަހާއިރު ރައިޒް އަޕްގެ ފަރާތުން ފަށާ މުޒާހަރާއަކީ ސުލްހަވެރި މުޒާހަރާއެއްކަމަށާއި މުޒާހަރާ ސުލްހަވެރިކަމާއެކު ކުރިއަށް ގެންދިޔުމަށް ކަމާބެހޭ ފަރާތްތަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް އެދޭކަމަށެވެ.

"ކުރީފަހަރު ވެސް ދެން ވަރަށް ދެރަކޮށް އަނިޔާވެރިކޮށް ކަންތައް ވެގެންދިޔައީ ރަސްފަންނުގައި އަޅުގަނޑުމެން ކުރިއަށް ގެންދިޔަ މުޒާހަރާގައި. ގިނަ މީހުންނަށް އަނިޔާވެފަ. އެހެންވީމަ ސުލްހަވެރިކަމާ އެކު މި މުޒާހަރާ ކުރިއަށް ގެންދިޔުމަށް އެހީތެރިކަން ދިނުމަށް އަޅުގަނޑުމެން އެދެން ކަމާ ބެހޭ ފަރާތްތަކުގައި" ނާއިލް ވިދާޅުވިއެވެ.

ނާއިލް ވަނީ ، ކޮވިޑް-19ގެ ފިޔަވަޅުތަކަށް ރައްކާތެރިވެ މާސްކުއަޅައި ގައި ދުރުކަން އިހްތިޔާރުކޮށް ވީހާ ވެސް ގިނަ ބަޔަކު ސުލްހަވެރިކަމާ އެކު މި މުޒާހަރާގައި ހަރަކާތްތެރިވުމަށް އެދިފައެވެ.

Ads by Ooredoo
  1. ރަދީފް

    ސާބަހޭ ވާންކޮށްފަ ބަހައްޓާތި.ވ.ވެެދުން

  2. ށަވިޔަނި

    ލައްކަ ދުވަހު ކެތްކުރެވިއްޖެތާ އަބަދަކުބަލަން ނުތިބެވޭނެ އެބައި މީހުނަށްވެސް.