އިޖުތިމާޢީ

ލޮކްޑައުންއާ އެކު ރާއްްްޖޭގައި އުފަންވި ލޭ އަޅާ ކުދިންގެ އަދަދު އިތުރުވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މުޅި ދުނިޔެއަށް ފެތުރުނު ކޮވިޑް-19ގެ އާލަމީ ވަބާގައި، ސިއްޙީ އެކި ކަހަލަ ޓެސްޓުތައް ހެދުމަށް ރާއްޖެއިން ބޭރަށް ނުދެވުމުގެ ސަބަބުން، މި އަހަރު ރާއްޖޭގައި އަލަށް އުފަންވި ތެލަސީމިއާ ބަލީގެ (ލޭ އަޅާ) ކުދިންގެ އަދަދު ތިން ގުނަ އިތުރުވެއްޖެއެވެ.

Ads by Sosun Fihaara

ތެލެސީމިއާ ދެ ކެރިއަރުން ކައިވެނިކޮށް، އަނބިމީހާ ބަލިވެއިން ނަމަ ވެސް، ކުރީކޮޅު ޓެސްޓު ހަދައިގެން ބަނޑުގައި އޮތީ ލޭ އަޅާ ކުއްޖެއްތޯ ނުވަތަ ނޫންތޯ ދެނެގަނެވޭނެއެވެ. ނަމަވެސް މިއީ ރާއްޖެއިން ބޭރުން ހެދޭ ޓެސްޓެކެވެ.

ގިނަ ބެލެނިވެރިންނާ ހަވާލާދީ، މޯލްޑިވްސް ބްލަޑް ސާވިސް (އެމްބީއެސް)އިން ބުނި ގޮތުގައި ލޭ އަޅާ ކުދިންގެ އަދަދު ކުއްލިއަކަށް އިތުރުވީ، ކޮވިޑް-19އާ ހެދި މާލެ ލޮކްޑައުން ކުރުމުން ނިއޮނޭޓަލް ޓެސްޓު ހަދަން ގިނަ މީހުންނަށް ރާއްޖޭން ބޭރަށް ނުދެވުމުންނެވެ.

އެމްބީއެސްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ އަހަރު އުފަންވެފައި ވަނީ ތެލަސީމިއާ ބަލީގެ ފަސް ކުދިންނެވެ. ނަމަވެސް މި އަހަރުގެ މިހާތަނަށް، ލޭ އަޅަން ޖެހޭ 15 ކުއްޖަކު ވަނީ އުފަންވެފައެވެ.

ތެލެސީމިއާ ދެ ކެރިއަރުން ކައިވެނި ކުރަން ހުރަހެއް ނޯވެއެވެ. ނަމަވެސް ކައިވެނީގެ ކުރިން ތެލެސީމިއާ ކެރިއަރުންތޯ ބެލުމަށް ޓެސްޓު ހަދަން ޖެހެއެވެ.ތެލެސީމިއާ ދެ ކެރިއަރުންނަށް ލޭ އަޅާ ކުއްޖެއް ލިބުމުގެ 25 ޕަސެންޓް އޮވެއެވެ.

ބަލިވެ އިންނައިރު، ބަނޑަށް8-12 އާ ހަފުތާއާ ދެމެދު ޓެސްޓު ހަދައިގެން، ކުއްޖާގެ ބަލިހުރިތޯ ބެލޭނެއެވެ.

"ނިއުނޭޓަލް" ނަމަކަށް ކިޔާ މި ޓެސްޓު ހަދަނީ ކުއްޖާގެ ޕްލެސެންޓާއިން ސުންކު ނަގައިގެންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!