Thursday, 5 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

"ދެން"ގެ ކުރުވާހަކަ މުބާރާތުގެ އެއްވަނަ ވާހަކައަކަށް "އަފިސަން"

"ދެން"ގެ ކުރުވާހަކަ މުބާރާތުގެ އެއްވަނަ ވާހަކައަކަށް "އަފިސަން"

މިދިޔަ ރަމަޟާން މަހުގައި "ދެން"އިން ގެނެސްދިން ކުރުވާހަކަ ލިޔުމުގެ މުބާރާތުގެ އެއްވަނަ ވާހަކައަކަށް އައިޝަތު ސަމާހު ހުށަހެޅި ވާހަކަ "އަފިސަން" ހޮވިއްޖެއެވެ.

https://dhen.mv/84306

މި މުބާރާތުގެ ދެވަނައަށް ހޮވިފައި ވަނީ ޢަބްދުﷲ ޛައިދު ހުށަހެޅި ވާހަކަ،" ފޮރުވި ޙަޤީޤަތް"އެވެ. އަދި ތިންވަނައަށް ހޮވިފައި ވަނީ ފާތިމަތު ރާޔާ ރައޫފް ހުށަހެޅި ވާހަކަ،"ކެހިވެރި ހިޔަނީގައި"އެވެ.

Advertisement
Ooredoo — Truecaller (box)

https://dhen.mv/74774

މި މުބާރާތުގައި މާކްސް ދިނުމުގައި ބަލައިފައި ވަނީ ޙަޔާތުގެ ތަސައްވަރު ކުރުވާހަކައަކުން ގެނެސްދީފައިވާ ގޮތާއި ޢިބާރާތުގެ ބަދަހި ކަމަށާއި އުފެއްދުންތެރިކަން ނުވަތަ ޚިޔާލުގެ މުއްސަނދިކަމަށާއި ވާހަކައިގެ ރަހަ ނުވަތަ އަސަރަށެވެ.

https://dhen.mv/80358

މި މުބާރާތުގެ އެއްވަނައަށް ކަނޑައަޅައިފައި ވަނީ 2000 ރުފިޔާގެ ފައިސާގެ އިނާމެކެވެ. އަދި 2ވަނައަށް 1000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާއިރު އިތުރުން އެންމެ ގިނައިން ކިޔާ އަދި ފޭސްބުކްގެ ޕޯސްޓަށް އެންމެ ރިއެކްޝަން ގިނަ ވާހަކައަކަށް ވެސް 1000 ރުފިޔާގެ އިނާމެއް ކަނޑައަޅައިފައި ވެއެވެ.

އެންމެ ގިނަ މީހުން ކިޔައި އަދި ފޭސްބުކްގެ އެންމެ ގިނަ ރިއެކްޝަން ލިބުނު ވާހަކައަކަށް ހޮވިފައި ވަނީ އައްޒަ މުހައްމަދު ލިޔުނު ވާހަކަ، "ފިރިމީހާ"އެވެ.

https://dhen.mv/80350

މިއީ "ދެން"އިން މި ފަދަ މުބާރާތެއް ގެނެސްދިން ދެވަނަ ފަހަރެވެ. މި އަހަރުގެ މުބާރާތަށް ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައި ވެއެވެ. އެ ގޮތުން ޖުމްލަ 25 ވާހަކައެއް މި މުބާރާތަށް ހުށަހަޅައިފައި ވެއެވެ.

މި ފަދަ މުބާރާތްތައް ކުރިއަށް އޮތް ތަނުގައި ވެސް "ދެން"އިން ގެނެސްދޭނެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް