ޚަބަރު

ޔާމީންގެ މައްސަލައިގައި ލުއި ހުކުމަކާ އެކު ބަރު ޖޫރިމަނާއެއް އައީ ކީއްވެތޯ ސާފުކޮށްދޭން ދައުލަތަށް އަންގައިފި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ރައީސް ޔާމީންގެ މައްޗަށް ކުރި ޖަލު ޙުކުމް ލުއިކޮށް އޮވެފައި، ޖޫރިމަނާ އަދަދު އެންމެ މަތީ އަދަދުން އޮތީ ކީއްވެތޯ ޝަރީއަތުން ދައުލަތަށް ތަކުރާރުކޮށް ސުވާލުކޮށް، ސުވާލުގެ ޖަވާބު ދެން އަންނަ އަޑުއެހުމެއްގައި އަރުވަން އަންގައިފިއެވެ.

Ads by STELCO

ގއ. ވޮޑުމުލާ ކުއްޔަށް ދޫކޮށްގެން ލިބުނު ކަމަށް ބުނާ އެއް މިލިއަން ޑޮލަރުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމް އިސްތިއުނާފީ އަޑުއެހުމުގައި ސްޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވަނީ، ދެ ފަހަރެއްގެ މަތިން އެ ހުކުމް ކަނޑައަޅައިފައި ވަނީ ކޮންގޮތަކަށްތޯ ދައުލަތާ ސުވާލު ކުރައްވާފައެވެ.

ރައީސް ޔާމީންގެ ފަރާތުން ސްޕްރީމް ކޯޓުގައި އިސްތިއުނާފީ 22 ނުކުތާއެއް ހުށަހަޅައިފައި ވެއެވެ. އޭގެ ތެރެއިން އެއް ނުކުތާއަކީ މީހެއްގެ މައްޗަށް ފުރަތަމަ ކުށް ސާބިތުވާއިރު ލުއި ޙުކުމެއް އިސް ކުރުން އޮންނައިރު، ޖޫރިމަނާ އޮތީ އެންމެ ބޮޑު މިންގަނޑުންކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.

މި ނުކުތާއަށް ދައުލަތުގެ ފަރާތުން ސީނިއާ ޕަބްލިކް ޕްރޮސެކިއުޓާ އައިޝަތު މުހައްމަދު ވާހަކަ ދައްކަވަމުން ވިދާޅުވީ. މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ޤާނޫނުގެ 53 ވަނަ މާއްދާގެ (ށ) ގައި އޮންނަނީ ފަނޑިޔާރަށް ލިބިގެންވާ އިޚްތިޔާރެއް ކަމަށެވެ. އެގޮތުން ޖަލު އަދަބު 5 އަހަރާއި 15 އަހަރާ ދެމެދުގައި ކަނޑައެޅުން ނުވަތަ ލޯންޑަރ ކުރި ފައިސާގެ އަދަދު 5 ގުނައަށްވުރެ އިތުރުނުވާނެ ގޮތަކަށް ޖޫރިމަނާގެ އަދަބު ކަނޑައެޅުން އޮންނަކަމަށް ވަކީލާ ވިދާޅުވިއެވެ.

ވަކީލް ވިދާޅުވީ ރައީސް ޔާމީނަށް އަދަބު ކަނޑައެޅުމުގައި ޖަލު ހުކުމަކަށް އެންމެ ދަށް މިންވަރު ކަނޑައަޅައިދެއްވުމަށް ކްރިމިނަލް ކޯޓުގައި އެދިފައިވާނެ ކަމަށެވެ. އެގޮތަށް އެދުނީ ރައީސް ޔާމީންގެ މައްޗަށް މީގެ ކުރިން ކުށެއް ސާބިތު ވެފައި ނުވާތީ ކަމަށް ވިދާޅުވި އެވެ. އަދި ޖޫރިމަނާ ކަނޑައެޅުމުގައި އެންމެ މަތީ ގިންތިން ޖޫރިމަނާ ކުރުމަށް އެދުނީ، މުޅި މައްސަލަ ބިނާވެފައިވާ ފައިސާއަކީ ދައުލަތަށް ލިބެން ޖެހޭ ފައިސާ ކަމަށް ވާތީ ކަމަށެވެ.

"ތި ވިދާޅުވާ ސަބަބު ޖަސްޓިފައި ކުރެވެނީ ކިހިނެއްތޯ، އަޅުގަނޑު އަދިވެސް މި އިންނަނީ ކޮންމެސް ވަރަކަށް ނަގައިގަންނަން އުނދަގޫވެފައި، ޖޫރިމަނާ މައްޗަށް މި ޖައްސާ ސަބަބު، ކުރިން އިޝާރަތް ކުރައްވައިފި ފަނޑިޔާރަށް ލިބިގެންވާ އިހުތިޔާރެކޭ އެގޮތަށް މައްޗަށް ޖެއްސުމަކީ، އެ ޑިސްކްރީޝަން ކޮންމެވެސް ވަރަކަށް ޖަސްޓިފައިކޮށްލަދެއްވާ، ކްރިމިނަލް ކޯޓުގެ ނިންމުން ރަނގަޅުކަމަށް ވަކާލާތު ކުރައްވާ ނަމަ ރަނގަޅުވަނީ މިހެން މިހެން ވެގެންނޭ" ފަނޑިޔާރު މަހާޒް ވިދާޅުވިއެވެ.

މިއަދުގެ އަޑު އެހުން ނިންމައިލައިފައި ވަނީ ދެން އަންނަ އަޑު އެހުމެއްގައި މި ސުވާލަށް ޖަވާބު ދެއްވުމަށް ދައުލަތަށް އެންގުމަށްފަހުއެވެ.

Ads by HDC
  1. ވަރަބިނދުނު ކޮތަރު

    މަކަހަލަ ގަމާރަކުވެސް އެއްމެ އަަޅައިގެން ކަމަކީތީ . ރައިސްޔާމީނަށް މިލިޔަނެއްގެ ހިޔާނާތެއްގެ ނަމުގަ ދައުވާކުރާއިރު އެއަށްވުރެ ގިނަފައިސާއަށް ހިޔާނާތްތެރިވި ބަޔަކަށް ޖޫރިމަނާއަށް ދައްކަންޖެހޭފައިސާ މަދު . މިބައެއްގެ އަތުން ގެއްލިގެންދިއަ ފައސާހޯދަން ނުއުޅޭ އުޅޭނެނަމައެއަށްވުރެ ބޮޑުއަދަދަކުން ޖޫރިމަނާކުރާނެ . ރައިސްޔާމީން އެކަންޓަށް ޖަމާކުރި ފައިސާއަކީފެންނަށް ހުރި އަތްލެވޭއެއްޗަކަށް. ވާއިރު ފައިސާހޯދަންއެއިސަރުކާރަކުން ކަންކުރަން ޖެހެނީ މިފާޑަކަށް ނޫން .