Saturday, 7 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ސިވިލްސާވަންޓުންގެ ޙައްޤުގައި ކައުންސިލުތަކުުން ނިކުމެއްޖެ

ސިވިލްސާވަންޓުންގެ ޙައްޤުގައި ކައުންސިލުތަކުުން ނިކުމެއްޖެ

ދަށް ފަންތީގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމާއި މިނިމަމް ވޭޖު ކަނޑައެޅުން އަވަސްކުރަން ސަރުކާރަށް ޕްރެޝާކުރުމަށް ސިވިލް ސާވަންޓުން މިމަހު ފަށައިފައިވާ އިހްތިޖާޖުގައި ގިނަ އަދަދެއްގެ ކައުންސިލްތަކުން ބައިވެރިވެ ސިވިލް ސާވިސްގެ މުއައްޒަފުންނާ އެކު ތިބިކަން ހާމަކޮށް ބަޔާން ނެރެން ފަށައިފިއެވެ.

ސިވިލް ސާވަންޓުންގެ އިހްތިޖާޖް، ސަރުކާރުގެ ކަމާބެހޭ އިދާރާތަަކަށް މުހުލަތެއް ދިނުމަށް ފަހު މިމަހުގެ 21 ވަނަ ދުވަހު ވަނީ މެދުކަނޑައިލައިފައެވެ. އެ ދުވަހު ސިވިލް ސާވަންޓުން ވަނީ ސަރުކާރަށް 4 ޑިމާންޑެއް ހުށައަޅައިފައެވެ. މިގޮތުން މިނިމަމް ވޭޖް އެއީ އަސާސީ މުސާރަ ކަމަށް ކަނޑައަޅައިދިނުމާއި އެސްސެސް 1އިން އެމްއެސް 1އަށް މުސާރައިގެ ކުރިއެރުން ދިނުމާއި މަޤާމްތަކަށް ސެޓްފިކެޓް ކުރިއެރުން ލިބޭނެ ގޮތް ހަމަޖެއްސުމުގެ އިތުރުން ލިވިން އެލަވަންސް ލިބޭނެގޮތް ހަމަޖެއްސުން ހިމެނެއެވެ.

މޯލްޑިވިއަން ސިވިލް ސާވަންޓް އެސޯސިއޭޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނީ އަދި މި ޑިމާންޑްތައް މިމަހުގެ ނިޔަލަށް ލިބޭނެކަން ބަޔާންކޮށް ބަޔާނެއް ނުނެރުއްވައިފި ނަމަ، ޖެހިގެން އަންނަ ހަފްތާގެ އާދީއްތަ ދުވަހު މިއަށް ވުރެ ގިނަ މުއައްޒަފުންނާ އެކު، މިއަށް ވުރެ ވަރުގަދަޔަށް އިޙުތިޖާޖު ކުރިއަށް ގެންދާނެކަމަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް