Tuesday, 3 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ތަހުޒީބު މުޖުތަމައަކަށް އެދޭނަމަ މީހުން ބިނާ ކުރަން ކުރާ ހޭދަ އިތުރުކުރަން ޖެހޭ: ގާސިމް

ތަހުޒީބު މުޖުތަމައަކަށް އެދޭނަމަ މީހުން ބިނާ ކުރަން ކުރާ ހޭދަ އިތުރުކުރަން ޖެހޭ: ގާސިމް

ގައުމުގެ ތަރައްގީއަށް އަދި ތަހުޒީބު މުޖުތަމައަކަށް އެދޭ ނަމަ މީހުން ބިނާކުރަން ކުރާ ހޭދަ އިތުރުކުރަން ޖެހޭ ކަމަށް، މާމިގިލީ ދާއިރާގެ މެންބަރު އަދި ވިލާ އިންޑަސްޓްރީސްގެ ބާނީ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ވިލާ ކޮލެޖުގެ ދަސްވެނިވުމުގެ ޙަފްލާގައި މިއަދު ގާސިމް ވިދާޅުވީ އުފާވެރި އާއިލާތަކާއި ސަރުކާރުގެ މުއައްސަސާތައް ހަރުދަނާވެ، ވިޔަފާރިތައް ކުރިއަރާނީ ވެސް ގާބިލް މީހުން ތިބެގެން ކަމަށެވެ.

އެކަންކަން ހާސިލު ވާނީ މީހުން ބިނާ ކުރުމަށް ހޭދަ ކޮށްގެން ކަމަށާއި ބައެއް ކުންފުނިތަކުން މީހުން ބިނާކުރުމަށް އިންވެސްޓްމަންޓު ކުރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ. އަދި މަތީ ތައުލީމަށް ސަރުކާރުން ކުރާ ހޭދަ އިތުރުވުމަކީ އެމަނިކުފާނަށް ލިބޭ ހިތްހަމަޖެހުމެއްކަން ވެސް ފާހަގަކުރެއްވިއެވެ.

Advertisement
Allied — Dhen Online (box)

"މީހުން ބިނާކުރުމަށް ޝައުގުވެރިވަޑައިގެން ގިނަ ބޭފުޅުން އިންވެސްޓު ކޮށްދިނުމަށް އިހުތިރާމާއެކު މި ފުރުސަތުގައި ވެސް އަޅުގަނޑު އިލްތިމާސްކުރަން" ސިޔާސީ ގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު ކަމުގައި ވެސް ހުންނެވި ގާސިމް އިބްރާހިމް ވިދާޅުވިއެވެ.

ގާސިމް އިތުރަށް ވިދާޅުވި ގޮތުގައި ހަޟާރަތްތައް ބިނާވެ، ކުރިއަރައި ދިޔަ ސަބަބާ މެދު ގިނަ ބަޔަކު ސުވާލު އުފައްދައެވެ. އެގޮތުން އިއްޔެ ނުވާނެ ކަމަށް ބުނި އެތައް ކަމެއް މިހާރު ވެފައިވާކަން ފާހަގަ ކުރައްވާ ގާސިމް ވިދާޅުވީ، އެކަންކަން ކާމިޔާބުވީ މީހުން ބިނާކޮށްގެން ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް