އެޗްޕީއޭގެ ބަންދުގައި މިހާރު 11 ރަށެއް

ކޮވިޑް-19ގެ އާލަމީ ވަބާ ފެތުރުމުގެ ސަބަބުން މިހާރު ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އަރާ ފޭބުން މަނާ ކޮށްފައި ވަނީ 11 ރަށެކެވެ.
މޮނީޓަރިންއަށް ލައިފައި އޮތް ރަށްތަކުގެ ތެރެއިން އެންމެ ގިނަ ދުވަހު ބަންދުކޮށްފައި މިހާރު އޮތީ މިދިޔަ އޯގަސްްޓު މަހު 20 ވަނަ ދުވަހު ބަންދުކުރި ކ. ގާފަރެވެ. މިދިޔަ މަހު ބަންދުކުރި ރަށްތަކުގެ އަދަދު މިހާރު އުޅެނީ ފަހެއްގައެވެ. އެއީ ގާފަރުގެ އިތުރުން އައްޑޫ ސިޓީ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، އަދި ފޭދުއެވެ.
ކޮވިޑް ފެނިގެން މިމަހުގެ މިހާތަނަށް ބަންދުކޮށްފައި ވަނީ ހަ ރަށެކެވެ. އެއީ ސ. ހުޅުމީދޫ، ކ. ގުޅި، ގއ. ގެމަނަފުއްޓާއި އެ އަތޮޅު މާމެންދޫގެ އިތުރުން ވިލިނގިއްޔެވެ. އަދި ތ. ދިޔަމިގިލި ވެސް މި މަހު ވަނީ މޮނީޓަރިންއަށް ލައިފައެވެ.