Tuesday, 3 November 2026
Advertisement
Allied Insurance (leaderboard)
އިޖުތިމާޢީ

އދ. އޮމަދޫ ވެސް މޮނިޓަރިންއަށް ލައިފި

އދ. އޮމަދޫ ވެސް މޮނިޓަރިންއަށް ލައިފި

ކޮވިޑް-19ގެ ވޭދަނަތަކެއް ފެނި އދ. އޮމަދޫ ވެސް މޮނިޓަރިންއަށް ލައިފިއެވެ.

"ދެން"އަށް މައުލޫމާތު ދެއްވަމުން އޮމަދޫ ކައުންސިލްގެ ރައީސް އިބްރާހިމް އާދިލް ވިދާޅުވީ މިއަދު 11:45 ހާއިރު އެރަށް މޮނިޓަރިން އަށް ލައިފައިވާކަމަށެވެ.

"ފުލޫ ކުލިނިކަށް ދެއްކި 3 ފަރާތެއް ކޮވިޑަށް ފައްސިވުމާ ގުޅިގެން ރަށް މިވަނީ މޮނިޓަރިންއަށް ލާފައި. ޓާސްކްފޯސްގެ ބައްދަލުވުމެއް ބާއްވާނެ ކުޑަ އިރުކޮޅެއްގެ ތެރޭގައި އެބައްދަލުވުމުގައި ނިންމާނީ އަޅާނެ ފިޔަވަޅުތައް" އާދިލް ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

އޮމަދޫ ވަނީ މީގެ ކުރިން ވެސް ކޮވިޑް-19ގެ ވޭދަނަތަކެއް ފެނި މޮނިޓަރިންއަށް ލައިފައެވެ. އެފަހަރު އެރަށުން ވަނީ 96 މީހަކު ކޮވިޑް-19 އަށް ފައްސިވެފައެވެ.

ކޮވިޑް-19ގެ ވޭދަނަތަކެއް ފެނި އެއަތޮޅު މަހިބަދޫ ވެސް މިއަދު ވަނީ މޮނިޓަރިންއަށް ލައިފައެވެ.

"ދެން"އަށް މައުލޫމާތު ދެއްވަމުން މަހިބަދޫ ކައުންސިލްގެ ރައީސް ރަޝާދު އަލީ ވިދާޅުވީ އެރަށުން ކޮވިޑަށް ފައްސިވެފައި ވަނީ މާލެއިން ރަށަށް ގޮސް ކަރަންޓީނު ވެގެން ތިބި އާއިލާއަކާއި އެއާއިލާއާ ގުޅުން ހުރި ބައެއް ކަމަށެވެ.

މަހިބަދޫން މިހާތަނަށް ޖުމްލަ 41 މީހަކު ވަނީ ކޮވިޑް-19އަށް ފަައްސި ވެފައެވެ. މީގެ ތެރެއިން 26 މީހުން ބަލިން ރަނގަޅުވެފައި ވާއިރު ބަލި ޖެހިފައިވާ 15 މީހުން މިވަގުތު ވެސް އެ ރަށުގައި އެބަތިއްބެވެ

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް