Saturday, 7 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ކުޑަ ކުއްޖެއްގެ ކަންފަތުން ތިން ކަފަކޮޅު ނަގައިފި

ކުޑަ ކުއްޖެއްގެ ކަންފަތުން ތިން ކަފަކޮޅު ނަގައިފި

ރާއްޖޭގައި ކުޑަ ކުއްޖެއްގެ ކަންފަތުން ކަފަބުރުގެ ތިން ކަފަކޮޅު ނަގައިފިއެވެ.

މިކަމާ ގުޅޭގޮތުން ކަރުންމަތީގެ ޚާއްސަ ޑޮކްޓަރު ޑރ. މައުރޫފް ޙުސެއިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ކަފަބުރު ކަންފަތަށްލުމަކީ އެހާ ރަނގަޅު ކަމެއް ނޫން ކަމަށެވެ.

"އިންފެކްޝަން ޖެހުމާއި އަނިޔާ ވުމުގެ އިތުރުން އޭގެ ކަފަކޮޅު ނެއްޓި ކަންފަތުގެ އެތެރޭގައި ހަރުލާފައި ހުންނަނީ މަދެއްކޮށް ނޫން" ޑރ. މައުރޫފް ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

https://twitter.com/drmauroof/status/1443236417170071553?s=20

ޑރ. މައުރޫފްގެ ޓްވީޓުގައި ވަނީ، އެ ކުއްޖާގެ ކަންފަތުން ނެގި ކަފަކޮޅުތަކުގެ ފޮޓޯއެއް ވެސް ހިމަނައިފައެވެ.

މިއީ ކޮން އިރަކު ހިނގި ކަމެއް ކަން އެނގިފައި ނެތް ނަމަވެސް ޑރ. މައުރޫފް ނަސޭޙަތްތެރިވެފައި ވަނީ ކަންފަތަށް ކަފަބުރު ލުމަކީ ރައްކާތެރިކަމެއް ނޫން ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް