Saturday, 31 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ގައުމީ ކޯޗުގެ ޝުކުރު، ސިޓީ ކައުންސިލްގެ މުވައްޒަފުންނަށް!

ގައުމީ ކޯޗުގެ ޝުކުރު، ސިޓީ ކައުންސިލްގެ މުވައްޒަފުންނަށް!

ދިވެހި ގައުމީ ފުޓުބޯޅަ ޓީމާ ހަވާލުވެގެން ހުންނެވި ޢަލީ ސުޒެއިންގެ ޚާއްސަ ޝުކުރެއް މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުންނަށް އަރިސްކޮށްފިއެވެ.

ސާފް ޗެމްޕިއަންޝިޕް ކުޅެމުން ގެންދާ ގަލޮޅު ރަސްމީ ދަނޑު ވަރަށް ބޮޑަށް ވީރާނާވެފައި އޮއްވައި ރާއްޖޭގައި އެ މުބާރާތް ބާއްވަން ނިންމުމުން އެ ދަނޑު ސާފުކޮށް މުޅި ދަނޑު ބޭނުންކުރެވޭ ވަރަށް ގެނައުމަށް މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުން ވަނީ ބުރަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ދަނޑުގެ ވިނަގަނޑު އެއްވަރުކުރުމާއި ރޮސްޓްރަމް އަލުން މަރާމާތުކުރުން ފަދަ މަސައްކަތްތަކުގައި ސަރުކާރުގެ ވާދަވެރިންގެ މެޖޯރިޓީ އޮތް ކައުންސިލުގެ ފުރިހަމަ އެއްބާރުލުން ވަނީ ދީފައެވެ.

ދަނޑުގައި މަސައްކަތްކުރި ސިޓީ ކައުންސިލްގެ މުވައްޒަފުންނާ އެކު ނަގައިފައިވާ ސެލްފީއެއް ހިއްސާކޮށް ސުޒެއިން އޭނާގެ ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ މުބާރަތަށް ސްޓޭޑިއަމް ތައްޔާރުކުރަން އެހީތެރިވެދީ ބުރަ މަސައްކަތްތަކެއް ކުރި ސިޓީ ކައުންސިލުގެ މުވައްޒަފުންނަށް ޝުކުރު އަދާކުރާ ކަމަށެވެ.

Advertisement
HDC — Sidebar (box)

ސުޒެއިންގެ މި ޕޯސްޓާ ގުޅިގެން ، މިއީ ސިޔާސީ ފިކުރު އެއްފަރާތްކޮށް ގައުމީ ފިކުރުގައި ކުޅިވަރު އާލާކުރަން ސިޓީ ކައުންސިލުން ދެއްކި ފުރިހަމަ ނަމޫނާއެއް ކަމަށް ގިނަ ބަޔަކު ބުނެފައިވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް