Saturday, 7 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ފްރަންޓްލައިންގައި މަސައްކަތް ކުރާ މީހުންނަށް 177 މިލިއަން ރުފިޔާ ދޫކޮށްފި

ފްރަންޓްލައިންގައި މަސައްކަތް ކުރާ މީހުންނަށް 177 މިލިއަން ރުފިޔާ ދޫކޮށްފި

ކޮވިޑް-19ގެ އާލަމީ ވަބާއާ ދެކޮޅަށް ފްރަންޓްލައިނުގައި މަސައްކަތް ކުރި މީހުންނަށް 177 މިލިއަން ރުފިޔާ ދޫކޮށްފިއެވެ.

ފިނޭންސް މިނިސްްޓްރީއިން ހާމަކޮށްފައިވާ މައުލޫމާތުތަކުގައި ބުނެފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 30ވަނަ ދުވަހުގެ ނިޔަލަށް 13،052 މީހަކަށް ފްރޮންޓްލައިން އެލަވަންސްގެ ގޮތުގައި 177.3 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ.

ފްރަންޓްލައިނުގައި މަސައްކަތް ކުރާ މީހުންނަށް އެލަވަންސް ދޭން ނިންމައި، އެކަން ސަރުކާރުން އާންމު ކުރީ މިދިޔަ 2020ވަނަ އަހަރުގެ މެއި މަހުގައެވެ.

Advertisement
Ooredoo — Square (box)

ފްރަންޓްލައިން އެލަވެންސްގެ ގޮތުގައި ދެނީ:
▪︎ ހައި ރިސްކް މީހުންނަށް ދުވާލަކަށް 500 ރުފިޔާ
▪︎ މީޑިއަމް ރިސްކު މީހުންނަށް ދުވާލަކަށް 250 ރުފިޔާ
▪︎ އެންމެ ލޯ ރިސްކް މީހުންނަށް ދުވާލަކަށް 200 ރުފިޔާއެވެ.

ހައި ރިސްކު ކެޓަގަރީގައި ހިމެނެނީ ބައްޔަށް ފައްސިވާ މީހުންނާ ސީދާ ގޮތުން ބައްދަލުވެ، ފަރުވާދިނުން ފަދަ ކަންކަމުގައި ހަރަކާތްތެރިވާ ޑޮކްޓަރުންނާއި، ނަރުހުންނާއި، ސާމްޕަލް ނަގާ ފަރާތްތަކާއި، ލެބް ޓެކްނީޝަނުންނާއި، އެފަދަ މީހުން އެއްތަނުން އަނެއްތަނަށް ގެންގޮސްދިނުމުގައި އުޅޭ ފަރާތްތަކާއި، ރެޕިޑް ރެސްޕޮންސް ޓީމުގައި ހިމެނޭ އޮފިޝަލުން ފަދަ ފަރާތްތަކެވެ.

މީޑިއަމް ރިސްކު ކެޓަގަރީގައި ހިމެނެނީ ބައްޔަށް ފައްސިވާ މީހުންނާ ސީދާ ގޮތުން ބައްދަލު ނުވި ނަމަވެސް، ފައްސިވާ މީހުންނާ ސީދާ ގޮތުން ބައްދަލުވާ އޮފިޝަލުންނާ އެކުގައި މަސައްކަތް ކުރާ މީހުންނެވެ.

ލޯ ރިސްކު މީހުންނަކީ ހައި ރިސްކް އަދި މީޑިއަމް ރިސްކުގެ ގިންތިއަށް ނުފެނޭ އެކަމަކު ކޮވިޑް-19އާ ދެކޮޅަށް މަސައްކަތްކުރާ މީހުންގެ ގޮތުގައި ދުވާލަކު ހަ ގަޑިއިރަށް ވުރެ ގިނައިރު މަސައްކަތް ކުރާ މީހުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް