ޚަބަރު

ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ ލަގަބު ޝާހިދަށް!

އާމިނަތު ސަޒްރާ ، ދެން އޮންލައިން

އދ.ގެ އާންމު މަޖިލީހުގެ މި ދައުރުގެ ރައީސް އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ (ނ.ޢ.ޢ.ވ.) ލަގަބު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ އަރުވައިފި އެވެ.

Ads by MWSC

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެއްގައި މިވަގުތު ރާއްޖެއަށް ވަޑައިގެން ހުންނެވި އަބްދުﷲ ޝާހިދަށް މި ލަގަބު އަރުވައިފައި ވަނީ މިރޭ ބޭއްވި ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރުކަން ދެ ފަހަރަށް ކުރައްވާފައިވާ ހަމައެކަަނި ބޭފުޅަކީ ޝާހިދު ކަމަށާއި އޭނާ ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި އެ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާފައިކަމަށް ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާގެ ލަގަބު އެރުވުމުގެ ކުރިން ގެނެސްދިން ކުރު ރިޕޯޓެއްގައި ވަނީ ބުނެފައެވެެ.

އދ.ގެ އާއްމު މަޖިލީހުގެ 76ވަނަ ސެޝަންގެ ރިޔާސަތާ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ހަވާލުވެ ވަޑައިގަންނަައިފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. މިއީ ތާރީހުގައި ވެސް އދ.ގެ މިހާ އިސް މަގާމަކަށް ދިވެއްސަކު އިންތިހާބުވި ފުރަތަމަ ފަހަރެވެ.

މިނިސްޓަރު ޝާހިދަށް މިރޭ އެރުވި ލަގަބު ނިސްބަތް ވަނީ އެ މަނިކުފާނުގެ ހަވަނަ ކާފާފުޅަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!