ބޮލީވުޑް މުނިފޫހިފިލުވުން

ކަންގްނާ މިފަހަރު ޓާގެޓުކުރީ ޝާހްރުކް ޚާންއަށް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ކަންގަނާ ރަނައުޓު

ބޮލީވުުޑްގެ އެކްޓްރެސް ކަންގްނާ ރަނާވަތު އަބަދުވެސް ފާހަގަވެފައި ވަނީ ބުނެލަން ބޭނުން ކޮންމެ އެއްޗެއް ވެސް ޖެހިލުމެއް ނެތި ބުނާ ފަންނާނެއްގެ ގޮތުގައެވެ. އެކަމުގެ ސަބަބުން ބައެއް މީހުން އޭނާއަށް ތަރުހީބު ކުރިޔަސް އަނެއް ބަޔަކު ދެކޭ ގޮތުގައި ކަންގްނާއަކީ ވަރަށް މައްސަލަ ބޮޑު މީހެކެވެ.

Ads by STELCO

މީހުންގެ ކަންތައްތަކާ ބެހި، ބުނަން ނުވާ ފަދަ އެއްޗެހި ބުނުމުގެ ސަބަބުން ޓްވިޓާއިން ވެސް ކަންގަނާ ބޭން ކުރިއެވެ.

ދުވަސްތަކެއް ވަންދެން އެއްވެސް ކަމަކާ ނުބެހި، މައްސަލައެއް ނުޖައްސައި ހުރުމަށް ފަހު އަނެއްކާ ވެސް ކަންގްނާ މި ވަނީ ބޮލީވުޑްގެ އެހެން ތަރިއަކަށް ގަލެއް އެއްލައިފައެވެ. މިފަހަރު އޭނަގެ ޓާގެޓަކަށްވީ މަޝްހޫރު ސުޕާސްޓާ ޝާހްރުކް ޚާންއެވެ.

މަސްތުވާތަކެތީގެ މައްސަލައެއްގައި ޝާހްރުކްގެ ދޮށީ ދަރި އާރްޔަން ޚާން މިވަގުތު އެންސީބީން ހައްޔަރު ކޮށްފައިވާ އިރު، ކަންގްނާ ވަނީ އެ ހާދިސާއާއި ހޮލީވުޑްގެ ފިލްމުތަކުން މަޝްހޫރުވި ޖެކީ ޗޭނާ ގުޅުވައިފައެވެ.

އެގޮތުން ކަންގްނާ ބުނީ ޖެކީ ޗޭންގެ ދަރި ޖޭސީ ޗޭންގެ އެޕާޓްމަންޓުން ކުރިން މަސްތުވާތަކެތި ފެނިގެން، އޭނާ ހައްޔަރު ކުރުމުން ޖެކީ ޗޭން އެއީ ދަރިފުޅަށް ވީތީ އޭނާ ދިފާއު ކުރަން ނޫޅޭ ކަމަށެވެ.

އެގޮތުން ޖެކީ ޗޭން ބުނީ ދަރިފުޅު ކުރީ ނުބައިކަމެއް ކަމަށް ޤަބޫލު ކުރާ ކަމަށާއި ޙައްޤު އަދަބު ލިބެން ޖެހޭނެ ކަމަށެވެ. އަދި އޭނަގެ ދަރިފުޅު ސަލާމަތް ކުރަން ވެސް މަސައްކަތް ނުކޮށް ހަ މަސް ދުވަސް ވަންދެން ޖަލުގައި ބޭއްވި ކަމަށް ބުންޏެވެ.

ކަންގްނާގެ މިވާހަކަތަކަށް އެތައް ބަޔަކު ވަނީ ނުރުހުން ފާޅު ކޮށްފައެވެ. އަދި ޖެކީ ޗޭން އެގޮތަށް ޢަމަލު ކުރީ ސިޔާސީ ގޮތުން އޭނާ އެއިރު ހުރި މަގާމު ހިފަހައްޓަން ޖެހޭތީ ކަމަށް ވެސް ބުންޏެވެ.

  1. ގޯރީ

    ކަންގު ބުންޏަސް ތީ ހަމަ ތެދެއް….
    ސާހުމެން ނައް ހީވަނީ ދަރިންނައް ދީފަ ބޭންދީމާ ލައްކަ ރޮމޭން ކުރެވޭނޭ ….

  2. މިއަސް

    މީހަމަފަށްކަ ހިންދުތުވާއެއް އިސްލާމުންނައްަ ވަރައް ފާޑުކިޔާ