Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

އެމްއެމްސީ އެވޯޑް މައްސަލަ: މިރޭ 7 ޖަހާއިރު އަޑުއެހުމެއް ތާވަލްކޮށްފި

މޯލްޑިވްސް މީޑިއާ ކައުންސިލުން ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ކަންކަން ކުރިއަށް ގެންދަނީ އުސޫލާ ޚިލާފަށް ކަމަށް ބުނެ ނޫސްވެރިންނާއި އެޑިޓަރުން ސޮއިކޮށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުމެއް މިރޭ 7 ޖަހާއިރަށް ތާވަލްކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ސިވިލް ކޯޓަށް ފުރަތަމަ ހުށަހެޅި މައްސަލަ ވަނީ ބޭރުކޮށްލައިފައެވެ. އެހެން ނަމަވެސް އޭގެ ފަހުން އަނެއްކާ ވެސް އެ މައްސަލަ ވަނީ ހުށަހަޅައިފައެވެެ.

20 ނޫސްވެރިން އިސްވެ ހުށަހަޅައިފައިވާ މި މައްސަލަ ހުށަހަޅައިފައި ވަނީ ނޫސްވެރިންގެ އިނާމު ދިނުމުގައި އުސޫލާ ޚިލާފަށް ކަންކަން ހިނގަމުން ދިޔުމާ ގުޅިގެން ގިނަ އަދަދެއްގެ ނޫސްވެރިންގެ ކަންބޮޑުވުންތައް ހުރެގެންނެވެ.

Advertisement
HDC — Sidebar (box)

ނޫސްވެރިން ވަނީ މި މައްސަލައާ ގުޅިގެން އެކަމާ ކަންބޮޑުވުން ފާޅުކޮށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ސިޓީއެއްވެސް ފޮނުވައިފައެވެ. އެ ސިޓީގައި 15 މީޑިއާއެއްގައި މަސައްކަތް ކުރާ 80އެއްހައި ނޫސްވެރިންނާއި އެޑިޓަރުން ސޮއިކޮށްފައިވެއެވެ.

ނޫސްވެރިންގެ ކަންބޮޑުވުމަކީ އޮންލައިން މީޑިއާތަކުގެ ނޫސްވެރިންނަށް ވަކި ޕެނަލްއަކުން މާކްސް ދީފައި ބްރޯޑްކާސްޓިން މީޑިއާތަކުގެ ނޫސްވެރިންނަށް ވަކި ޕެނަލްއަކުން މާކްސް ދިނުމަށް ފަހު ދެ ބާވަތުގެ މީޑިއާ އެއްކޮށްލައިގެން އިނާމް ދިނުމަށް ނިންމައިފައިވުމެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް