އެސްޓީއޯއިން ވިއްކާ ތެލުގެ އަގު ބޮޑުކޮށްފި
 
                                                    އެސްޓީއޯއިން ވިއްކާ ތެލުގެ އަގު ބޮޑުކޮށްފިއެވެ.
އެސްޓީއޯއިން މަޢުލޫމާތު ދޭ ގޮތުގައި މީގެ ކުރިން ޕެޓްރޯލް ލީޓަރެއް 10 ރުފިޔާ 72 ލާރިއަށް ވިއްކި ނަމަވެސް މިހާރު ވިއްކަނީ ލީޓަރެއް 11 ރުފިޔާ 16 ލާރިއަށް ކަމަށެވެ.
މީގެ ކުރިން ޑީސަލް ލީޓަރެއް ވިއްކީ 10 ރުފިޔާ 95 ލާރިއަށެވެ. އެހެން ނަމަވެސް މިހާރު ވިއްކަނީ ޑީސަލް ލީޓަރެއް 11 ރުފިޔާ 84 ލާރިއަށެވެ.
އެސްޓީއޯއިން ހާމަކުރާ ގޮތުގައި ދުނިޔޭގެ ތެލުގެ ބާޒާރުގައި ފާއިތުވީ 7 އަހަރާ އަޅާބަލާއިރު ތެލުގެ އަގު ވަނީ ދުވަހަކު ވެސް ބޮޑުނުވާ މިންވަރަކަށް ބޮޑުކޮށްފައެވެ. ތެލުގެ އަގަށް މި ބަދަލު ގެނައީ މިކަމާ ގުޅިގެން ކަމަށް އެސްޓީއޯއިން ވިދާޅުވެއެވެ.
 
 Ads by Allied Insurance
 
  
  
            
                     
            
                     
            
                     
            
                    
 
		
 
		
 
		
 
		
