ރައްޔިތުންގެ މަޖިލިސް

އިމްރާނަށް އިތުބާރެއް ނެތް، ޖަލުތަކުގެ ހާލަތު ބަދަލެއް ނުވޭ: މޫސާ ސިރާޖު

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

އިދިކޮޅުގައި މޯލްޑިވްސް ޑިމޮކްރަޓިކް ޕާޓީ، އެމްޑީޕީ އޮތްއިރު އެންމެ ބޮޑަށް ވަކާލާތު ކުރަމުން އައި އެއް ކަމަކީ ޖަލުތަކުގެ ހާލަތު ރަނގަޅު ކުރުން ކަމަށާއި އެހެން ނަމަވެސް މިއަދާ ހަމައަށް އައިއިރު ވެސް އެކަން ވެފައި ނެތް ކަމަށް ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖް ވިދާޅުވެއްޖެއެވެ.

Ads by MWSC

ޝަރީއަތް ނިމެންދެން ވާނުވާގައި ތިބި ފަރާތްތަކުގެ މައްސަލައާއި ޖަލުތަކުގައި އެކަށީގެންވާ ބޭސްފަރުވާ ނުލިބޭ މައްސަލަ މިއަދު މަޖިލީހަށް ހުށަހަޅުއްވައި އެ މައްސަލައިގައި ވާހަކަފުޅު ދައްކަވަމުން މޫސާ ސިރާޖް ވިދާޅުވީ، ޖަލުތަކުގައި މިހާރު ވެސް ވާނުވާގައި 370އަށް ވުރެ ގިނަ ފަރާތްތައް އެބަތިބި ކަމަށެވެ. މީގެ ތެރެއިން ބައެއް ފަރާތްތަކަކީ ފަސް އަހަރު ވާނުވާގައި ތިބި ފަރާތްތައް ކަމަށް ވެސް ސިރާޖް ފާހަގަ ކުރެއްވިއެވެ. ސިރާޖް ވިދާޅުވީ، މިވެރިކަން ފެށުނުއިރު، ދިހަ އަހަރުވެފައި ވާނުވާ ތިބި ފަރާތްތައް ތިބި ކަމަށެވެ. އެހެން ނަމަވެސް މިކަމަށް ދާއިމީ ހައްލެއް ލިބިފައި ނުވާ ކަމަށާއި މިކަމަށް ހައްލެއް ހޯދައިދިނުމަކީ އެމްޑީޕީއިން ވަކާލާތު ކުރަމުން އައި ކަމެއް ކަމަށް ސިރާޖު ފާހަގަ ކުރެއްވިއެވެ.

"އިދިކޮޅުގައި ތިބިއިރުގައި އެންމެ ބޮޑަށް ވަކާލާތު ކުރި އެއް ކަމަކީ ޖަލުތަކުގައި ވާނުވާގައި ތިބި ފަރާތްތަކަށް ހައްލު ހޯދައި ދިނުމާއި ޖަލުތަކުގައި ތިބި ފަރާތްތަކަށް ބޭސް ފަރުވާގެ ކަންކަން އެކަށީގެންވާ މިންވަރަކަށް ލިބޭނެ އިންތިޒާމް ހަމަޖައްސައިދިނުން." ސިރާޖް ވިދާޅުވިއެވެ.

މިމަހު ހަވަނަ ދުވަހު ވާނުވާ ހުރި ގައިދީއެއް ކަމަށްވާ އިސްމާޢީލް ޝަބީންގެ މަރުގެ މައްސަލައަށް އިޝާރާތް ކުރައްވާ މޫސާ ސިރާޖު ވިދާޅުވީ، ބޭސްފަރުވާގެ އިންތިޒާމް ނެތިގެން މީހާގެ ފުރާނަ ދާއިރު ވެސް އެ އިންތިޒާމް ހަމަ ނުޖެއްސޭ ކަމަށެވެ.

"ޖަލުތަކުގެ ބޭސްފަރުވާގެ ވާހަކަ ދައްކަން ޖެހޭ އެއް ސަބަބަކީ ކުރީއްސުރެ ޖަލުތަކުގެ އިންތިޒާމްތައް ބައްޓަން ވެފައި އޮންނަ ގޮތުން ބޭސްފަރުވާގެ ޚިދުމަތަށް އާދޭސްކޮށް، މީހާގެ ފުރާނަ ދާއިރުގައި ވެސް އަޅުގަނޑުމެންނަށް ބޭސްފަރުވާގެ އިންތިޒާމްތައް އަޅުގަނޑުމެންނަށް ހަމަޖެއްސިފައި ނުވާތީވެ" މޫސާ ސިރާޖް ވިދާޅުވިއެވެ.

ޝަބީންގެ އާއިލާއިން ބޭސް ފަރުވާގެ ކަންކަމުގައި ކަރެކްޝަނަށާއި ހޯމް މިނިސްޓްރީއަށް އެތައް ފަހަރެއްގެ މަތިން ސިޓީ ފޮނުވާފައިވާ ކަމަށް ވިދާޅުވެ ސިރާޖް ވިދާޅުވީ، އެކަމާ ގުޅިގެން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއާ ހިނގާ ދިޔަގޮތް އެނގޭތޯ ސުވާލު ކުރެއްވިކަމަށެވެ.

"ކަންބޮޑުވާން ޖެހޭ ކަމަކީ ހޯމް މިނިސްޓަރަށް ނިޔާވި ފަރާތުގެ ނަން ވެސް ނޭނގޭ. މިއީ ދުވާލު އެއްފަހަރު ޖަލުގައި މީހަކު މަރުވާ ވާހަކައެއް ނޫން އަޅުގަނޑުމެން މިދައްކަނީ. މިހާ ބޮޑުކަމެއް ވެގެން ދިޔައީމަ ހޯމް މިނިސްޓަރަށް ތަފްސީލް އިނގެން ޖެހޭނެ. އެއަށްވުރެ ކަންބޮޑުވާ އަނެއް ކަމަކީ، ދެންނެވި ބޭސްފަރުވާގެ ކަންކަން ރަނގަޅަށޭ ކުރިޔަށް ދިޔައީ، އެކަން އަޅުގަނޑު ބަލައިފީމޭ." ތަޙްޤީޤް ހިންގުމެއް ނެތި ވަރަށް އަވަހަށް ޖަވާބު ދެއްވާ ކަމަށް ވިދާޅުވެ ވިދާޅުވީ، ހޯމް މިނިސްޓަރުގެ އިތުބާރެއް ނެތް ކަމަށެވެ.

ސިރާޖް އިތުރަށް ވިދާޅުވީ ޖަލުތަކުގެ ހާލަތު ބަދަލު ނުވާ ކަމަށާއި އަދި އެކަން ބަދަލު ކުރުމަށް އެކަށީގެންވާ ވަގުތު ދެވިއްޖެ ކަމަށެވެ.

Ads by HDC
  1. ޖާނޭ

    އިމްރާނު ހުރެގެން ކަމުނުގޮސްގެން އުޅޭއިރު، ޢަބުދުﷲ ޝަހިދުގެ ކުޅިގަނޑު މާނުރައްކާވެފައި ޖޯކް ކަން މާބޮޑު. އިންޑިއާގެ ބޮޑުވަޒީރުވެސް ބަހައްޓަންވީ ނޫންތޯ ރާއްޖޭގެ ޚަރިޖީ ވަޒީރުކަމުގައި. ދެން ރައީސްގެ ދައުވަތަކަށް އިރުކޮޅަކުން މާލެ ވަޑައިގަންނަވާނެ. މުޅި މާލޭގައި ބަޑީ ހިފައިގެން ތިބޭ މީހުން ފެންނާނެ. އޭގެ ފަހުން ނަރެންދުރަ މޯދީ. އިންޑިއާގެ ބޮޑުވަޒީރު. ވަރަށް ހެއްވާ.

    އެމް.ޑީ.ޕީ އިން ކުރީމަ ރަގަޅުވާނެ. އެހެން ބަޔަކު ކޮށްފިއްޔާ މަގުދޮރު ހިގަން ދަތިވާ ވަރަށް ހަޅޭއްލަވާނެ. ދައްކާވާހަކަ ދިމާނުވާ ޕާރޓީއެއް ތިޔައީ. މައްސަލައަކީ އިމްރާނެއް ނޫން. މައްސަލައަކީ ހަމަ ބާރާއި، ނުފޫޒު، ޝަން ވަ ޝައުކަތު.