ޚަބަރު

ވިއްކަން ހުރި ޓިކެޓްތައް ހުސްވެއްޖެ، ކިއުގައި ތިބި މީހުން ރަތަށް!

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ސާފް ޗެންޕިއަންޝިޕްގައި އިންޑިއާ-ރާއްޖެ ބައްދަލު ކުރާ މެޗްގެ ވިއްކަން ހަމަޖެހިފައި ހުރި ޓިކެޓްތައް ވިކި ހުސްވެއްޖެއެވެ.

Ads by STELCO

މިމެޗްގައި ވިއްކަން ނިންމައިފައި ވަނީ 3000 ޓިކެޓެވެ. ޓިކެޓް ހުސްވުމުން ޓިކެޓް ގަންނަން ތިބި މީހުން އެސަރަހައްދުގައި މިވަގުތުދަނީ އަޑުގަދަ ކުރަމުންނެވެ. ގަލޮޅު ދަނޑުގެ ކެޕޭސިޓީއަކީ 5،000 މީހުންނެވެ.

މިމެޗުގެ ޓިކެޓް ވިއްކަން ފަށައިފައި ވަނީ މިއަދު 10:00 ގައެވެ. ޔޫތު މިނިސްޓްރީން އިއްޔެ ވިދާޅުވީ، މެޗުގެ ޓިކެޓް ގަތުމަށް ކިއު ހެދޭނީ ހެނދުނު 9:30ގައި ކަމަށެވެ. އެހެން ނަމަވެސް ރޭ ދަންވަރުން ޓިކެޓް ގަތުމަށް ކިއު ހަދައިފައި ވެއެވެ.

މީގެ ގަޑިއިރެއް ކުރިން ޔޫތު މިނިސްޓަރ އަޙްމަދު މަޙްލޫފް ވިދާޅުވީ، 1009 މީހުންނަށް 2018 ޓިކެޓް ވިކިފައިވާ ކަމަށެވެ. ޓިކެޓު ވިއްކަންފެށި ވަގުތުން ފެށިގެން އެވްރެޖްކޮށް މިނެޓަކު 20 ޓިކެޓު ވަނީ ވިއްކިފައި ކަމަށް މަޙްލޫފް ވިދާޅުވިއެވެ.

ރާއްޖެ-ބަނގްލަދޭޝް މެޗުގައި ވެސް ވިއްކަން ހުރި ޓިކެޓްތައް ހުސްވެ، އިތުރު 1،000 ޓިކެޓް ފަހުން ވަނީ ވިއްކައިފައެވެ.

ސާފްގެ މިއަހަރުގެ މުބާރާތުގެ ފައިނަލަށް ދަތުރު ކުރެވޭނީ، މާދަމާ ރޭ ރާއްޖެ އިންޑިއާ ދެކޮޅަށް ނިކުންނަ މެޗުން މޮޅުވެ، ނުވަތަ އެއްވަރު ވެގެންނެވެ. ފައިނަލަށް ދަތުރު ކުރަން ބޭނުން ނަމަ އިންޑިއާއަށް އޮތީ ކޮންމެހެން ވެސް މެޗުން މޮޅުވުމެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!