ޚަބަރު އިޖުތިމާޢީ

ގިނަ މީހުންނަށް ދަނޑަށް ނުވަދެވެނީ ދަނޑު ބާވުމުން، އައު ދަނޑެއް ހެދުމަށް ފައިސާ ވަނީ ހަމަޖެހިފައި: މަހްލޫފް

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ޓިކެޓް ގަންނަ ކިޔުގައި ރޭ ތިބި މީހުންނާ މިނިސްޓަރ މަހްލޫފް ބައްދަލު ކުރައްވަނީ/ ފޮޓޯ މަހްލޫފް ޓްވިޓަރ

މިހާރު ކުޅެމުންދާ ސާފް ޗެމްޕިއަންޝިޕުގެ މެޗުތައް ބަލަން ގިނަ މީހުންނަށް ދަނޑަށް ނުވަދެވުނީ ދަނޑު ބާވެފައިވުމުގެ ސަބަބުން ކަމަށާއި އައު ދަނޑެއް ހެދުމަށް ފައިސާ ހަމަޖެހިފައިވާ ކަމަށް ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

Ads by MWSC

މާދަމާ ރޭ ރާއްޖެއާއި އިންޑިޔާ ބައްދަލު ކުރާ މެޗައް ވިއްކި ހުރިހާ ޓިކެޓް ވިކި ހުސްވެފައިވާކަން އިއުލާނު ކުރައްވާ މިނިސްޓަރ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުރިން 12000 މީހުންނަށް ގަލޮޅު ދަނޑަށް ވަދެވޭއިރު މިހާރު ވަދެވެނީ 5000 މީހުންނަށް ކަމަށެވެ.

"3 ގަޑި 30 މިނެޓުން މިއަދު 3000 ޓިކެޓުވަނީ ވިއްކިފަ. ދަނޑުވަނީ ބާވެ، ހަލާކުވެފަ.ކުރިން 12000 މީހުންނަށް ވަދެވޭއިރު މިހާރު ވަދެވެނީ 5000. އާދަނޑެއް އަޅަން ފައިސާ ވަނީ ހަމަޖެހިފަ." މިނިސްޓަރ މަހްލޫފްގެ ޓްވީޓްގައި ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް ސާފްއަށް ފަހު އޮންލައިންކޮށް ޓިކެޓު ވިއްކުން ކަހަލަ ބައެއް ބަދަލު ގެނެސްދޭން މަސައްކަތްކުރާނެކަމަށް މިނިސްޓަރ މަހްލޫފްގެ ޓްވީޓްގައި ވިދާޅުވިއެވެ.

މާދަމާރޭ ރާއްޖެއާއި އިންޑިޔާ ބައްދަލު ކުރާ މެޗަކީ ދެ ގައުމަށް ވެސް ވަރަށް މުހިންމު މެޗެކެވެ. މުބާރާތުގެ ފައިނަލަށް ދިޔުމަށް ރާއްޖެ އިންޑިޔާ އަތުން ބަލި ނުވެ ހިފަހައްޓާލަން ޖެހޭ އިރު އިންޑިޔާއަށް ފައިނަލަށް ދެވޭނީ ރާއްޖެ އަތުން މޮޅުވެގެންނެވެ.

Ads by Allied Insurance
  1. ލޮލް

    ކޮބާ ބަސްސާމުގެ ފުރަތަމަ ދައުރު އެޅި ދަނޑު