ޚަބަރު

މިއީ އިންޑިއާ ބަލިކޮށް ދިވެހި ޓީމް ފައިނަލަށް ދާ ރޭ : ރައީސް ނަޝީދު

ރައުފާ ރަޝީދު ، ދެން އޮންލައިން

އުރީދޫ ސާފް ޗެންޕިއަންޝިޕްގައި މިރޭ ދިވެހި ޤައުމީ ޓީމު އިންޑިއާ ވާދަކޮށް ކުޅޭ މެޗުން މޮޅުވެ މިއީ ދިވެހި ޓީމު މުބާރާތުގެ ފައިނަލަށް ދަތުރުކުރާ ރޭ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ރައީސް ނަޝީދަށް ދިން ހަމަލާއަށް ފަހު ފަސް މަސް ފަހުން މަޖިލީހަށް ވަޑައިގެން ރިޔާސަތުގައި އިންނަވާ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، މިރޭ މިއީ ދިވެހި ޓީމު ފައިނަލަށް ދާނެ ރޭ ކަމަށާއި ޤައުމީ ޓީމު ފައިނަލަށް ދާނީ މޮޅުވެގެން ކަމަށެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ ފުޓްބޯޅައިގެ ތަޖުރިބާކާރުންނާއި ބައްދަލުކޮށް ވާހަކަދައްކަވައިފައިވާ ކަމަށެވެ. އަދި ކުރެވުނު މަޝްވަރާތަކުގެ ތެރެއިން މިރޭ ދިވެހި ޓީމަށް ފައިނަލަށް ދެވޭނެ ފުރުސަތު ފަހިކަމަށް އެ ބޭފުޅުން ވެސް ވިދާޅުވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މާދަމާރޭ ރާއްޖެއާއި އިންޑިޔާ ބައްދަލު ކުރާ މެޗަކީ ދެ ގައުމަށް ވެސް ވަރަށް މުހިންމު މެޗެކެވެ. ސާފްގެ މިއަހަރުގެ މުބާރާތުގެ ފައިނަލަށް ދަތުރު ކުރެވޭނީ، މާދަމާ ރޭ ރާއްޖެ އިންޑިއާ ދެކޮޅަށް ނިކުންނަ މެޗުން މޮޅުވެ، ނުވަތަ އެއްވަރު ވެގެންނެވެ.

  1. ޖާނޭ

    ބޯޅަ ބަލަން އައިސް އިން މީހެއްވިއްޔާ

  2. ކޮކީ

    ތިދިޔައީީ ޓީމުގެ ދުވަސް ދޫވިހަމީހާ އަނގަ ކޮއްޕާއިފި

  3. އެލެކްސް

    މިރޭ އިންޑިއާ އައުޓް….