Saturday, 7 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ވަގު ޓިކެޓް ހަދައިގެން މެޗަށް ވަންނަން އުޅެފި

ވަގު ޓިކެޓް ހަދައިގެން މެޗަށް ވަންނަން އުޅެފި

އުރީދޫ ސާފް ޗެންޕިއަންޝިޕްގައި މިރޭ ދިވެހި ޤައުމީ ޓީމު އިންޑިއާ ވާދަކޮށް ކުޅޭ މެޗަށް ވަގު ޓިކެޓް ހަދައިގެން ދަނޑަށް ވަންނަން އުޅުނު ބައެއް މީހުން ދަނޑަށް ނުވައްދައި އަނބުރައި ފޮނުވައިލައިފިއެވެ.

އިންޑިއާ-ރާއްޖެ ބައްދަލު ކުރާ މެޗްގެ ވިއްކަން ވިއްކަން ހަމަޖެހިފައި ވަނީ 3000 ޓިކެޓެވެ. ޓިކެޓް ހުސްވުމުން ޓިކެޓް ގަންނަން ތިބި މީހުން އިއްޔެ ޓިކެޓް ވިއްކި ސަރަހައްދުގައި ވަނީ ނުރުހުން ފާޅުކޮށްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކަޅު ބާޒާރުގައި މިރޭ ކުޅޭ މެޗުގެ ޓިކެޓެއް ވިއްކާ އަގު 2،000 ރުފިޔާއަށް އަރައިފައިވެއެވެ. އަދި މެޗުގެ ކުރިން ވަގު ޓިކެޓް ވިއްކާކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ.

Advertisement
HDC — Sidebar (box)

މިރޭގެ މެޗްގައި އިންޑިޔާއާއި ދިވެހިރާއްޖެ ބައްދަލުކުރާއިރު، މިމެޗް އެއްވަރުކޮށްލައިގެން ވެސް ރާއްޖެއަށް ފައިނަލަށް ދިއުމުގެ ފުރުސަތު ވަނީ ލިބިފައެވެ. ނަމަވެސް އިންޑިޔާއިން ފައިނަލްގެ ޖާގައެއް ހޯދާ ނަމަ،  ޖެހޭނީ ރާއްޖޭގެ މައްޗަށް ކުރި ހޯދާށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް