ޚަބަރު އިޖުތިމާޢީ

ދެންއޮތީ އަންނަމަހު 8ވަނަ ދުވަހު ލަންކާގައި އޮންނަ މުބާރާތަށް ތައްޔާރުވުން: މަހްލޫފް

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ފޮޓޯ:ސަން

ސާފް ޗެމްޕިއަންޝިޕްގައި ރޭ ރާއްޖެއާއި އިންޑިޔާ ބައްދަލުކުރި މެޗުން 3-1 އިން ރާއްޖެ ބަލިވުމަކީ ވަރަށް ދެރަވި ކަމެއް ކަމަށާއި ދެންއޮތީ އަންނަމަހު 8ގައި ލަންކާގައި އޮންނަ މުބާރާތަށް ތައްޔާރުވުން ކަމަށް ޔޫތު މިނިސްޓަރު މަހްލޫފް ވިދާޅުވެއްޖެއެވެ.

Ads by STELCO

މިނިސްޓަރ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޓީމުން ކުރި ބުރަ މަސައްކަތަށް އަދި ސަޕޯޓަރުންގެ ހިތްވަރަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.

"މޮޅުވީމަ އުފާވި ފަދައިން ބަލިވީމަ ވަރަށް ދެރަ. ޓީމުން ކުރި ބުރަ މަސައްކަތަށް އަދި ސަޕޯޓަރުންގެ ހިތްވަރަށް ޝުކުރިއްޔާ. ދެން އޮތީ އަންނަމަހު 8ގައި ލަންކާގައި އޮންނަ މުބާރާތަށް ތައްޔާރުވުން. ބަލިވިޔަސް މޮޅުވިޔަސް ޤައުމީ ޓީމާއެކު." މަހްލޫފްގެ ޓްވީޓްގައި ވިދާޅުވިއެވެ. 

އަންނަ މަހު 8ވަނަ ދުވަހު ސްރީލަންކާގައި ބާއްވާނީ 4 ގައުމަކުން ވާދަ ކުރާ މަހިންދަ ރާޖަޕަކްސާ ކަޕެވެ. މިމުބާރާތުގައި ވާދަކުރާނީ ސްރީލަންކާ، ރާއްޖެ، ބަނގްލަދޭޝް އަދި ސީޝެލްސްއެވެ.

މި މަހުގެ 1ވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހަށް ކުރިޔަށްދާ ސާޕް ޗެމްޕިއަންޝިޕްގައި ރޭ ކުޅުނު މެޗަކީ މި މުބާރާތުގެ ދިހަވަނަ މެޗެވެ. އެ މެޗުގައި 3 ލަނޑު 1 ލަނޑުން ކުރި ހޯދައި މެޗް ކާމިޔާބުކުރީ އިންޑިއާގެ ޓީމެވެ. މި ނަތީޖާއާ އެކު އިންޑިއާގެ ޓީމު ވަނީ މުބާރާތުގެ ފައިނަލަށް ގޮސްފައެވެ. ފައިނަލްގައި އިންޑިޔާއާ ދެކޮޅަށް ނުކުންނާނީ ނޭޕާލެވެ. މިއީ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލްގައި ނޭޕާލުން ކުޅޭ ފުރަތަމަ ފަހަރެވެ.

ސާފްޗެމްޕިއަންޝިޕްގެ ފައިނަލް މެޗް އޮންނާނީ މިމަހުގެ 16 ވަނަ ދުވަހުގެ ރޭ ރާއްޖެ ގަޑިން ރޭގަނޑު 8 ޖަހާއިރުއެވެ.

  1. އަލީ ރަޝީދު

    ޢެހެންވީމާ، މިހާރުން ފެށިގެން ބޮޑުބެރު ޖައްސަވަން ފަށާށެވެ.