Friday, 6 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ވ.އަތޮޅުން ބަރުލަމާނީއަށް ބޮޑު ކާމިޔާބީއެއް!

ވ.އަތޮޅުން ބަރުލަމާނީއަށް ބޮޑު ކާމިޔާބީއެއް!

ރާއްޖޭގައި އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން ފައްޓަވައިފައިވާ މަސައްކަތަށް ތާއީދު ހޯދުމަށް ފަށާފައިވާ މަސައްކަތުގެ ތެރެއިން އަތޮޅު ތެރެއަށް ކުރި ފުރަތަމަ ދަތުރު ކާމިޔާބު ކަމާ އެކު ނިންމައިލައިފިއެވެ.

ޕެޓިޝަން ތައްޔާރުކުރުމުގައި އިސްކޮށް އުޅުއްވާ ޤާނޫނީ ވަކީލު އަލްއުސްތާޛު މުޙައްމަދު ނިޝާން އިބްރާހިމް "ދެން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ބަރުލަމާނީ ޕެޓިޝަން ހަރަކާތަށް އިތުރަށް ތާއީދު ހޯދުމަށާއި އަދި އަތޮޅު ތެރެއަށް ޕެޓިޝަން ގެންގޮސް ދިނުމަށް ގިނަ ބަޔަކު އެދެމުން ދާތީ ފެށި ދަތުރުތަކުގެ ތެރެއިން ފުރަތަމަ ދަތުރު ކުރީ ވ.އަތޮޅު ކަމަށެވެ.

އެގޮތުން އެ ދަތުރަކީ ވަރަށް ކާމިޔާބު ދަތުރެއްގެ ގޮތުގައި ނިޝާން ވަނީ ފާހަގަ ކުރައްވައިފައެވެ.

Advertisement
Ooredoo — Square (box)

"މުޅި ވ.އަތޮޅު އޮތީ ބަރުލަމާނީއާ އެކު މި އަތޮޅުގައި ދިރިއުޅެމުން ގެންދާ އާބާދީގެ 70 އިންސައްތަ ވަނީ ބަރުލަމާނީ ޕެޓިޝަންގައި ސޮއިކޮށްފައި. ރިޔާސީ ނިޒާމާ ގުޅިގެން ރައްޔިތުންގެ ބޮޑެތި ކަންބޮޑުވުންތައް އެބަހުރި. އެގޮތުން ރިޔާސީ ނިޒާމުގައި އަތޮޅު ތެރޭގައި ދިރިއުޅޭ ރައްޔިތުން ބާކީވެފައި ތިބޭކަމުގެ ޝަކުވާ މި އަތޮޅުގެ ގިނަ ބަޔަކު ކޮށްފައިވޭ. ދެން އަޅުގަޑުމެން ވާނީ ބަރުލަމާނީ ނިޒާމުގައި އެކަންކަން އިސްލާހުވާނެ ކަމަށާއި އަދި އެކަންކަމުގެ ތަފްސީލު ދީފައި" ނިޝާން ވިދާޅުވިއެވެ.

[caption id="attachment_120369" align="alignnone" width="1024"] ވ.އަތޮޅުން ބަރުލަމާނީ ނިޒާމުގެ ޕެޓިޝަންގައި ގިނަ ބަޔަކު ސޮއިކޮށްފައިވޭ[/caption]

ވ.އަތޮޅުން ޕެޓިޝަންގައި ކުރީގެ ފެލިދޫ ދާއިރާގެ މެމްބަރު ޔޫސުފް ނައީމު ވެސް ސޮއިކޮށްފައި ވެއެވެ.

ނިޝާން ވިދާޅުވީ، ޕެޓިޝަންއަށް ތާއީދު ހޯދުމަށް އަދިވެސް އިތުރު ދަތުރުތައް ރާވައިފައިވާ ކަމަށާއި ނަމަވެސް ކުރިން ރާވައިފައި އޮތް ތާވަލްއަށް ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. އެގޮތުން މިމަހުގެ 21 ވަނަ ށ. އަތޮޅަށް ދަތުރުކުރާ ގޮތަށް ކުރިން ހަމަޖެހިފައިވީ ނަމަވެސް އެ އަތޮޅުގައި ކޯވިޑު ފެތުރެމުންދާތީ އެ އަތޮޅުގެ ދަތުރު ފަސްކުރުމަށް ފަހު މިހާރު 21ވަނަ ދުވަހު ދަތުރު ކުރުމަށް ހަމަޖެހިފައި ވަނީ ބ.އަތޮޅަށް ކަމަށެވެ.

ނިޝާން ވިދާޅުވީ ޕެޓިޝަންގައި ސޮއިކުރި ސީދާ އަދަދު އަދިވެސް ދަންނަވަން ދަތި ކަމަށާއި ނަމަވެސް ވަރަށް އަވަހަށް ޖުމްލަ އަދަދު ހާމަކުރައްވާނެ ކަމަށެވެ.

އޮގަސްޓު 21ވަނަ ދުވަހު ފެށި އެ ޕެޓިޝަނަކީ އެމްޑީޕީގައި ރައީސް އަދި މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރާ ފެކްޝަނުން ފެށި ޕެޓިޝަނެކެވެ.

އެ ޕެޓިޝަނުގައި ވީހާވެސް ގިނަ ބަޔަކު ސޮއި ކުރުމަށް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.

ރައީސް ނަޝީދުގެ ފެކްޝަނުން މިފަދަ ޕެޓިޝަނެއް ތައްޔާރުކުރަން ފަށައިފައި ވަނީ ވެރިކަމުގެ ނިޒާމު ބަދަލު ކުރެވޭނީ ރައްޔިތުން އެގޮތަށް ނިންމުމުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙު ވިދާޅުވެފައި ވަނިކޮށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް