އަރިދަފުސް ރޯގާ ޖެހިގެން މި މަހު 11008 ވޭދަނަ ރިޕޯޓު ކޮށްފައިވޭ

އަރިދަފުސް ރޯގާ ޖެހިގެން މި މަހު 11008 ވޭދަނަ ރިޕޯޓު ކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.
އެޗްޕީއޭއިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިދުވަސްވަރު އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓު ކުރާ އަދަދު އިތުރުވަމުން އަންނަ ކަމަށް އެ އެޖެންސީގެ ތަފާސް ހިސާބުތަކުން ދައްކާ ކަމަށެވެ. އެގޮތުން މި އޮކްޓޯބަރު މަހުގެ ތެރޭގައި އަރިދަފުސް ރޯގާ ޖެހިގެން 11008 ވޭދަނަ ރިޕޯޓު ކޮށްފައިވާ ކަމަށާއި އަރިދަފުސް ރޯގާގެ އިތުރުން، ފާއިތުވެ ދިޔަ މަސްތަކުގައި ރިޕޯޓުކޮށްފައިވާ އަދަދުތަކާ އަޅާބަލާއިރު އިންފްލުއެންޒާއަށް ފައްސި ވާ އަދަދު ވެސް ގިނަވެފައިވާ ކަމަށް ބުނެފައި ވެއެވެ.
މިގޮތުން މި މަސް ތެރޭގައި އިންފްލުއެންޒާއަށް ޓެސްޓު ކުރެވުނު 432 ސުންކުގެ ތެރެއިން 192 ސުންކު އެ ބައްޔަށް ފައްސި ވެފައިވާކަމަަށް އެޗްޕީއޭއިން ބުނެފައިވެއެވެ. އަދި މި އަހަރުގެ މިހާ ތަނަށް އިންފްލުއެންޒާއަށް ޓެސްޓު ކުރެވުނު 1198 ސުންކުގެ ތެރެއިން 365 ސުންކު އެ ބައްޔަށް ފައްސި ވެފައިވެއެވެ.
ވީމާ އިންފްލުއެންޒާއާއި އަރިދަފުސް ރޯގާ އިތުރުވަމުން އަންނާތީ މިފަދަ ބަލިތަކުން ރައްކާތެރިވުމަށް ޓަކައި މިދުވަސްވަރު ޚާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭއިން އެދިފައިވެއެވެ.





ކޮމެންޓް