ޚަބަރު

2023ގައި އިންތިޚާބު ކާމިޔާބުކޮށް އެންމެ އިސްކަމެއް ދެއްވާނީ އެހެން ވެރިންނަށް ތަންފީޒުކުރަން ނުކެރުނުކަންކަން ކުރަން: އުމަރު

މަރިޔަމް އިސްމާޢިލް ، ދެން އޮންލައިން

2023ގެ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް އެންމެ އިސްކަމެއް ދެއްވާނީ މިހައިތަނަށް ވަޑައިގެންނެވި އެހެން ވެރިންނަށް ތަންފީޒުކުރަން ކެރިވަޑައިނުގެންނެވި ކަންކަން ތަންފީޒުކުރެއްވުމަށް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

Ads by STELCO

ޤައުމުގައި ހިންގަމުންދާ ކަންކަމާއި އަދި ޤައުމުގެ މިހާރުގެ ޙާލަތާއި ގުޅިގެން "ދެން"އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އުމަރު ވިދާޅުވީ، 2023 ކާމިޔާބުވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބަ އޮތް ކަމަށާއި ޤައުމުގެ ޙާލަތާއި މެދު ނުހަނު ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ. އަދި ޤައުމު މިޙާލަތަށް އައުމުގައި ހުރިހާ ވެރިންގެ ވެސް އިހުމާލު އޮތްކަން އުމަރު ފާހަގަކުރެއްވިއެވެ.

"އެއްވެސް ވެރިއެއްގެ ކިބައިގައި ޤިޞާސް ނުވަތަ މަރަށް މަރަށް މަރުގެ ޙުކުމް ތަންފީޒުކުރުމުގެ ގަޓެއް ނެތް. ޑްރަގް އެތެރެ ކުރާ މީހުންނަށް ވެސް މަރުގެ އަދަބު ދޭން ޖެހޭ އިރު އެކަން ވެސް ދިވެހިރާއްޖޭގައި ކުރާނެ ވެރިއަކު އަދި ނާދޭ. އެހެން ނަމަވެސް 2023 ކާމިޔާބުކޮށް މި ދެންނެވި ކަންކަމަކީ އަޅުގަނޑު އެންމެ އިސްކަމެއް ދީގެން ކުރާނެ ކަންކަން. އަދި ޑްރަގު އެތެރެ ކުރާ ބޯޓުތައް ވެސް ކަނޑު ވެސް ފައްތާނަން." އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ ޤައުމު މިހާރު އޮތް ބިރުވެރިކަމާއި ނާމާންކަމުގެ ޙާލަތަށް ވެއްޓިގެން ދިޔައީ ޤައުމުގައި ވެރިކަން ކުރި ވެރިންގެ ނާޤާބިލުކަމުން ކަމަށާއި އެހެންކަމުން ޤައުމު ހަމަ މަގަށް އަޅުވާނީ އޭނާ ކަމަށެވެ.

އުމަރު މި ފަދަ މޭރުމަކުން ވާހަކަ ދައްކަވައިފައި މި ވަނީ މީގެ ދެ ދުވަސްކުރިން އދ. ދަނގެތީގައި އެރަށުގެ ވިޔަފާރިވެރިޔަކު އަނިޔާވެރިކޮށް މަރައިލައި ވަޅަކަށް ފައްތައިފައިވާ ދަނޑިވަޅެއްގައެވެ. މަރަށް މަރު ހިފުމަކީ އިސްލާމް ދީނުގެ ޙުކުމެއް ނަމަވެސް އެކަން ރާއްޖޭގައި ތަންފީޒުކުރަމުންނެއް ނުގެންދެއެވެ.

  1. ޢެ ކަނބާ

    ހިޔާލީ ފޮނި ، ފެންޓަސީ ދުނިޔެއެއްގައިތަ އުމަރާ ކަލޭ ތި އުޅެނީ.. ބަލަގަ އެހަކަށްދުވަހު ކަލޭ އާރާބާރުގައި ހުރީ ވީ ކަމެއް ހަރާމް ކަލޭވެސް ކެއީ 50 އަށް ކައްކަންދިން ލާރި ކޮޅު… ކަލެއަށް 5 ވޯޓު ލިބުނަސް އެއީ ބޮޑުވަރު

  2. ކަމަނަ

    މަގޭވޯޓު

  3. ދާާޢޫދު

    ކާކުބުނީ މީނަޔަށް ވޯޓްދޭނަމޭ. ޙޮވިއްޖެޢްޔާ ބުނިކަންވެސް ހަނދާން ނުހުންނާނެ. ވާސަރީ.

  4. ޙަސަން ގާސިމް

    ހިތްވެސްމޮޅު އާދަމްގެ ދަރިއެއް. މީދެން ކާކުތަ؟

  5. މިވެސް ނާނާ ހުވަފެނެއްގައި އުޅޭމީހެއް. އެންަޑީއޭ ވެސް މިހާރު އަތައް ގޮވާ ލިވެފާ.

  6. ޢަދަން

    މަ ޔަގީން ދޭނަން