Friday, 6 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

މަޙްމޫދުގެ މަރު: ހައްޔަރު ކުރި ބިދޭސީ މީހާގެ ބަންދަށް 15 ދުވަސް

މަޙްމޫދުގެ މަރު: ހައްޔަރު ކުރި ބިދޭސީ މީހާގެ ބަންދަށް 15 ދުވަސް

އދ. ދަނގެތީގައި ރަޙުމް ކުޑަ ގޮތަކަށް މަރައިލި ވިޔަފާރިވެރިޔާ މަޙްމޫދު އަބޫބަކުރުގެ މަރުގެ ތުހުމަތުގައި ހައްޔަރު ކުރި ބިދޭސީ މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

މި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކޮށްފައި ވަނީ ބަނގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ސާލިމްއެވެ.

އެނގިފައިވާ ގޮތުގައި ސާލިމަކީ އެ ރަށުގައި އުމުރުން ދުވަސްވީ މީހަކު ބަލަހައްޓަން ހަވާލު ކޮށްފައިވާ މީހެކެވެ. އޭނާ އިއްޔެ ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ. އަދި އޭނާ ދިރިއުޅޭ ގެ ވެސް ފުލުހުން ވަނީ ބަލައިފާސް ކޮށްފައެވެ.

Advertisement
Allied Insurance — Square (box)

މަޙްމޫދުގެ މަރުގެ މައްސަލައިގައި ސާލިމް ހައްޔަރު ކުރުން ވެފައި ވަނީ ދަގެނތީ މީހުންނަށް ލިބުނު ވަރަށް ބޮޑު ހައިރާން ކަމަކަށެވެ. އެ ރަށުގެ ބައެއް މީހުން ބުނި ގޮތުގައި ސާލިމަކީ އަބަދުވެސް ވަރަށް މަޑުމައިތިރިކޮށް ހުންނަ މީހެކެވެ. މީހުންނާ އެހާ ވާހަކަ ނުދައްކާއިރު، އޭނާ އަބަދުވެސް އުޅެނީ އެ އުމުރުން ދުވަސްވީ މީހާގެ ކަންކަމުގައި ކަމަށް ވެސް ބައެއް މީހުން ބުނެފައިވެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް