Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
އިޖުތިމާޢީ

މަހްމޫދުގެ މަރު: ގާތިލު ލައިގެން ހުރި އަންނައުނު ހޯދައިފި

މަހްމޫދުގެ މަރު: ގާތިލު ލައިގެން ހުރި އަންނައުނު ހޯދައިފި

އދ. ދަނގެތީގައި އަނިޔާވެރި ގޮތަކަށް މަރައިލައި ވަޅަކަށް ފައްތައިފައި އޮއްވާ ފެނުނު އެ ރަށު މަހްމޫދު އަބޫބަކުރުގެ މަރުގެ މައްސަލައިގެ ތަހްގީގު ކުރިއަށް ދާއިރު މަހްމޫދު މަރައިލި އިރު ގާތިލް ލައިގެން ހުރި އަންނަނު ފުލުހުން ހޯދައިފައި ވާކަމަށް މައުލޫމާތު ލިބިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަހްމޫދު މަރައިލި އިރު ގާތިލު ލައިގެން ހުރި އަންނައުނު ފުލުހުން ހޯދައިފައިވާއިރު މިމައްސަލައިގެ ތަހްގީގަށް ވަނީ ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައެވެ.

މިމައްސަލައިގެ ތުހުމަތަށް އެ ރަށުން ބިދޭސީއަކު ވަނީ ހައްޔަރުކޮށްފައެވެ. ތަހްގީގުގެ ބޭނުމަށް މިއަދު އެ ރަށުގެ އެކި ތަންތަނަށް އޭނާ ވަނީ ގެންގޮސްފައެވެ. އަދި އޭނާ ކަންކުރި ގޮތް އޭނާ ލައްވައި ކުޅުވާފައިވާ ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ.

Advertisement
Ooredoo — Square (box)

އޭނާގެ ބަންދަށް ކޯޓުންް ވަނީ 15 ދުވަސް ޖަހައިފައެވެ.

މިދިޔަ ބުދަ ދުވަހުގެ ރޭ ގަތުލްކޮށްލި މަހުމޫދުގެ ހަށިގަނޑު ފެނިފައި ވަނީ ޖެހިގެން އައި ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައެވެ. މަޙްމޫދުގެ ހަށިގަނޑު ފެނުނީ އެ ރަށުގެ ފަޅު ގެއެއްގައި ހުރި ވަޅެއްގެ ތެރެއިންނެވެ. އޭނާ ފެނުނީ އޭނާ ނުފެނިގެން ހޯދަން ރައްޔިތުން ނުކުމެ އުޅެނިކޮށެވެ. ފެނުނު އިރު އޭނާ އޮތީ ފަޔައި ބޮލަށް ގޯނި ލައްވައި ވަޅެއްގެ ތެރެއަށް ފައްތައިފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް