Tuesday, 3 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

މިދުވަސްކޮޅު އަރިދަފުސް ރޯގާގެ އަލާމާތެއް ފެނިއްޖެނަމަ ކޮވިޑަށް ޓެސްޓު ކުރުން މުހިންމު

މިދުވަސްކޮޅު އަރިދަފުސް ރޯގާގެ އަލާމާތެއް ފެނިއްޖެނަމަ ކޮވިޑަށް ޓެސްޓު ކުރުން މުހިންމު

މިދުވަސްކޮޅު ރާއްޖޭގައި އަރިދަފުސް ރޯގާ (އިންފްލުއެންޒާ) ވެސް ފެތުރެމުން ދާތީ، އެފަދަ އަލާމާތެއް ފެނިއްޖެ ނަމަ ކޮވިޑް-19އަށް ވެސް ޓެސްޓު ކުރުމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން ވިދާޅުވެއްޖެއެވެ.

ހެލްތު މިނިސްޓްރީގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގަައި ވާހަކަ ދައްކަވަމުން އެޗްއީއޯސީގެ އޮފިޝަލު ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ އަރިދަފުސް ރޯގައިގެ އަލާމާތެއް ފެނިއްޖެ ނަމަ ލަސް ނުކުރައްވައި ކޮވިޑް-19އަށް ޓެސްޓު ކުރުމަށެވެ.

"އަރިދަފުސް ރޯގާގެ އަލާމާތެއް ފެނިއްޖެ ނަމަ ލަސް ނުކުރައްވާ ކޮވިޑަށް ޓެސްޓު ކުރުން މުހިންމު. އެއީ ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށް ޓަކައި އަދި ކޮވިޑް ވެސް އަދިވެސް ފެތުރެމުން ދާތީ ޔަގީން ކުރުމުގެ ގޮތުން" ޑރ. އަފްޒަލް ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

ޑރ. އަފްޒަލް އިތުރަށް ވިދާޅުވީ މިދުވަސްކޮޅު އަރިދަފުސް ރޯގާގެ އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ، ޑޮކްޓަރަށް ދައްކަން ހޮސްޕިޓަލަށް ދިޔުމުގެ ބަދަލުގައި ފްލޫ ކްލިނިކަށް ދިޔުމަށެވެ.

އެޗްއީއޯސީއިން މިއަދު ހިއްސާ ކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، އިންފުލުއެންޒާ ފެތުރިފައިވާ މިންވަރު އެންމެ ގިނައީ މާލޭގައެވެ. އެގޮތުން މިހާތަނަށް މާލެއިން 1346 މީހުން އިންފްލުއެންޒާއަށް ޓެސްޓުކޮށްފައިވާ އިރު، އޭގެ ތެރެއިން 457 މީހުން ވަނީ މި ބައްޔަށް ފައްސި ވެފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް