Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

މިޔަންމާގެ ގިނަ އަދަދެއްގެ ސިޔާސީ ކުށްވެރިން މިނިވަންކޮށްފި

މިޔަންމާގެ ގިނަ އަދަދެއްގެ ސިޔާސީ ކުށްވެރިން މިނިވަންކޮށްފި
ދާޙިލީ ހަމަނުޖެހުން ބޮޑުވެފައިވާ މިޔަންމާގައި ގިނަ އަދަދެއްގެ ސިޔާސީ ކުށްވެރިން މިނިވަންކޮށްފިއެވެ. މިނިވަން ކުރި މީހުންގެ ތެރޭގައި މިޔަންމާގެ އަނިޔާވެރި ލީޑަރ އަން ސަންގ ސޫކީގެ ސްޕޯކްސް ޕާރސަން ވެސް ހިމެނޭކަމަށް އެގައުމުގެ ނޫސްތަކުން ބުނެއެވެ. އެމްނެސްޓީގެ ފިއްތުންތަކުގެ ސަބަބުން 5600އަށް ވުރެ ގިނަ ސިޔާސީ ކުށްވެރިން މިނިވަން ކޮށްފައިވާކަމަށް ހަބަރުތައް ބުނެއެވެ. އެމްނެސްޓީން މިޔަންމާއަށް އެނގި އެންގުމުގައި ބުނެފައިވާ ގޮތުގައި އާސިއާންގެ ސަމިޓަށް މިޔަންމާގެ ލީޑަރ މިން އަންގް ހްލައިންގްއަށް ދައުވަތު ނޭރުވުމުން ނިންމުމުންނެވެ. ރައްޔިތުން އިންތިހާބު ކޮށްފައިވާ ވެރިކަމާ ދެކޮޅަށް އަސްކަރީ ބަގާވާތެއްކޮށް މިދިޔަ ފެބްރުއަރީ މަހު ވެރިކަމާ ހަވާލުވި މިލިޓަރީ ލީޑަރުގެ ބަދަލުގައި އާސިއާން ސާމިޓަށް ދާން ދައުވަތު ދޭނީ މިޔަންމާ ނޮން ޕޮލިޓިކަލް މަންދޫބަކަށެވެ. މިނިންމުން ނިންމައިފައި ވަނީ އާސިއާން ސަމިޓުން ބޭއްވީ އިމަޖެންސީ ބައްދަލުވުމެއްގައެވެ. މިދިޔަ ފެބްރުއަރީ ބަގާވާތްކޮށް ވެރިކަމަށް އަރައިވަޑައިގަންނަވައިގެން ހުންނެވި މިލިޓަލީ ލީޑަރ ވެރިކަމަށް ވަޑައިގެންނެވުމަށް ހިންގެވި ބަގާވާތުގައި 9000އަށް ވުރެ ގިނަ މީހުން ވަނީ ޖަލަށްލައިފައެވެ. އަދި 1000 އަށްވުރެ ގިނަ މީހުން ވަނީ މަރައިލައިފައެވެ.

މިޔަންމާއަކީ 1997 ވަނަ އަހަރުންފެށިގެން އާސިއާންގެ މެމްބަރު ގައުމެކެވެ. އެހެން ނަމަވެސް މިޔަންމާގެ ލީޑަރު ސީނިޔާ ޖެނެރަލް މިން އަންގް ހްލައިންގ ވެރިކަމަށް ވަޑައިގަތުމަށް ޓަކައި ރައްޔިތުން ހޮވައިފައިވާ ވެރިޔަކާ ދެކޮޅަށް ލޭ އޮހޮރުވުން ހިންގައި ބަގާވާތް ކޮށްފައިވުމުގެ ސަބަބުން މިފަދަ ލީޑަރަކަށް އާސިއާން ސަމިޓުގައި ބައިވެރި ވެވިއްޖެ ނަމަ އާސިއާންގެ ނަމަށް ވެސް ހުތުރު ވާނެކަމަށް ގިނަ ބަޔަކު ބުނަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް