Friday, 30 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

އެޕަލްގެ ޑިވައިސްތައް ސާފުކުރަން ހާއްސަކޮށްފައިވާ މި ފޮތިކޮޅުގެ އަގަކީ 293 ރުފިޔާ

އެޕަލްގެ ޑިވައިސްތައް ސާފުކުރަން ހާއްސަކޮށްފައިވާ މި ފޮތިކޮޅުގެ އަގަކީ 293 ރުފިޔާ

ދުނިޔޭގެ ގިނަ ބަޔަކު ބޭނުންކުރާ "އެޕަލް" ބްރޭންޑުގެ ޑިވައިސްތައް ސާފުކުރަން ޚާއްސަ ފޮތިކޮޅެއް އީޖާދުކޮށްފިއެވެ.

މިދިޔަ ހޯމަ ދުވަހު އެޕަލްއިން ބޭއްވި "އަންޝީލްޑް" އިވެންޓުގައި އެ ކުންފުނިން ވަނީ މި ޚާއްސަ ފޮތިކޮޅު ދައްކައިލާ، އެ ފޮތިކޮޅު ވިއްކަން ވެސް ފަށައިފައެވެ.

ކުންފުނީގެ ލޯގޯ ޖަހައި މި ފޮތިކޮޅު ފަރުމާކޮށްފައި ވަނީ ކުރިން އާންމުކޮށް ބޭނުންކޮށް އުޅުނު މައުސް ޕެޑަކާ ވައްތަރު ގޮތަކަށެވެ.

Advertisement
Allied — Dhen Online (box)

އަންޝީލްޑު އިވެންޓުގައި އެޕަލްގެ މި ފޮތިކޮޅު ވިއްކަން ފަށައިފައިވާއިރު، މީގެ ފޮތިކޮޅެއްގެ އަގަކީ 19 އެމެރިކާ ޑޮލަރެވެ. އެއީ ދިވެހި ފައިސާއިން ބަލާނަމަ 293 ރުފިޔާއެވެ.

ސާފުކުރާ ފޮތިކޮޅަކާ ބަލާފައި މި ފޮތިކޮޅު އަގުބޮޑުކަމަށް ބައެއް ފަރާތްތަކަށް ވިސްނިދާނެ ކަމަށާއި އެހެން ނަމަވެސް އެޕަލްގެ އެކިއެކި ޑިވައިސްތައް ސާފުކުރަން ބޭނުންކުރަން އެންމެ ރައްކާތެރީ މި ފޮތިކޮޅު ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

އެޕަލް ކުންފުނިން ލަފާދީފައި ވަނީ، އެ ކުންފުނީގެ ޑިވައިސްއެއް ގެންގުޅޭ ނަމަ، އެ ޑިވައިސް ސާފުކުރަން މީގެ ފޮތިކޮޅެއް ގެންގުޅުމަށެވެ.

އެޕަލްގެ މި އުފެއްދުމަށް ބައެއް މީހުން ދަނީ ފާޑު ކިޔަމުންނެވެ. އެގޮތުން ބައެއް މީހުން ބުނެފައި ވަނީ އެ ފޮތިކޮޅުގައި އެޕަލްގެ ލޯގޯ އޮތުން ފިޔަވައި ސާފުކުރަން އާންމުކޮށް ބޭނުންކުރާ މައިކްރޮފައިބާ ފޮތިކޮޅަކާ މާ ބޮޑު ތަފާތެއް ނެތް ކަމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް