Saturday, 7 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ޓުއަރ ގައިޑެއްކަމަށް ބުނެ ފަތުރުވެރިއެއްގެ ފައިސާތަކެއް ވަގަށްނެގި މީހަކު ހޯދަނީ

ޓުއަރ ގައިޑެއްކަމަށް ބުނެ ފަތުރުވެރިއެއްގެ ފައިސާތަކެއް ވަގަށްނެގި މީހަކު ހޯދަނީ

ޓުއަރ ގައިޑެއްކަމަށް ބުނެ ފަތުރުވެރިއަކަށް ފަތުރުވެރިއެއްގެ ފައިސާތަކެއް ވަގަށް ނެގި މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.

ފުލުހުން މިއަދު ވިދާޅުވީ، އާންމުކޮށްފައިވާ ފޮޓޯއިން ފެންނަ މީހާއަކީ، ޓުއަރ ގައިޑެއްކަަމަށް ބުނެ ފަތުރުވިޔަކަށް ހިދުމަތްދީ އެ ފަތުރުވެރިޔާގެ ދަބަހުން ފައިސާތަކެއް ވަގަށް ނަގައިފައިވާ މައްސަލައަކާ ގުޅިގެން ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ކާކުކަން ދެނެގަނެވިފައި ނުވާތީ ނުހޯދިފައިވާ މީހެއް ކަމަށެވެ.

ފޮޓޯއިން ފެންނަ މީހާ ފައިސާތައް ވަގަށް ނަގައިފައި ވަނީ، ފަތުރުވެރިޔާއާ އެކު ގައިޑެއްގެ ގޮތުގައި ހަރަކާތްތެރިވުމަށް ފަހު ފަތުރުވެރިޔާ އާޓިފިޝަލް ބީޗް މޫދަށް އެރުނު ވަގުތު ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. ފުލުހުން އިތުރަށް ވިދާޅުވީ، މިހައިތަނަށް ތަހުގީގުގައި ކުރެވުނު މަސައްކަތުން ތުހުމަތު ކުރެވޭ މިހާއަކީ ބަނގްލަދޭޝް މީހެއްކަން އެނގިފައިވާ ކަމަށެވެ.

Advertisement
Allied Insurance — Square (box)

އެ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް އެނގިފައިވާ ފަރާތެއްވާ ނަމަ ޓޫރިސްޓް ޕޮލިސްގެ ނަންބަރު <strong>9790070</strong>އަށް ގުޅުއްވައި އެ މައުލޫމާތެއް ހިއްސާކުރެއްވުން ފުލުހުން އެދެއެެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް