ޚަބަރު އިޖުތިމާޢީ

ރާއްޖޭގައި މިހާރު ފެތުރެމުންދަނީ އިންފުލުއެންޒާ ޓައިޕް އޭ، ރައްކާތެރިވުން މުހިންމު: ޑރ.މުހައްމަދު އަލީ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

މިހާރު ރާއްޖޭގައި ފެތުރެމުންދަނީ އިންފުލުއެންޒާގެ ޓައިޕް އޭ ކަމަށާއި މިބަލި އިންސާނުންނާއި ބައެއް ޖަނަވާރުންނަށް ވެސް ޖެހޭކަމަށް ފުއްޕާމޭގެ ހާއްސަ ޑޮކްޓަރ މުހައްމަދު އަލީ ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ޑރ. މުހައްމަދު އަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދޫންޏާއި އިންސާނުންނާއި އަހުގެ އިތުރުން އޫރަށް ވެސް މިބަލި ޖެހޭކަމަށެވެ.

ރާއްޖޭގައި ހަލުވިކަމާ އެކު އިންފުލުއެންޒާ ފެތުރެމުން ދާއިރު ނުރައްކާތެރި ކޮވިޑް-19އިން އަދި ރާއްޖެ މިވަނީ ރަނގަޅަށް އަރައި ނުގަނެވިއެވެ. އަދި ކޮވިޑް-19ގެ ސަބަބުން ބައެއް ރަށްރަށް އަދިވެސް ވަނީ މޮނިޓަރިންގެ ހާލަތުގައެވެ.

އިންފުލުއެންޒާއަކީ ވެސް ކޮވިޑް-19 ފަދައިން ނޭވާލާ ނިޒާމަށް ޖެހޭ ނުރައްކާތެރި ބައްޔެކެއެވެ. އަދި މިބަލީގެ ނުރައްކާ ކުޑަކުދިންނަށް ބޮޑުކަމަށް ވެސް ޑޮކްޓަރުން ބުނެއެވެ. އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި އިންފުލުއެންޒާ ވެކްސިން ޖެހުމަށް ސިއްހީ މާހިރުން ދަނީ އެދެމުންނެވެ. އަދި އާއްމު ސާފުތާހިރުކަން އިތުރު ކުރުމާއި އަތް ދޮވުމާއި ގައި ދުރުކަން ބެހެއްޓުމަށް ޑޮކްޓަރުން ދަނީ އިލްތިމާސް ކުރައްވައިފައެވެ.

މި ރޯގާގައި ކެއްސާ ނޭވާލާން އުނދަގޫވުމާއި ހުން އަންނާނެ ކަމަށާއި ކޮވިޑް-19 އަދި އިންފުލުއެންޒާ އެކުގައި ޖެހުމަކީ ވެސް އެކަށީގެންވާ ކަމެއްކަމަށް ސިއްހީ މާހިރުން ދަނީ ބުނަމުންނެވެ.

Ads by Ooredoo
  1. ހަދީޖާ

    ދެރަ

  2. ފަޒީލް

    ފުލޫ ކްލިނިކަށް ދިޔާމަ، މީހާއާ ދިމާލަށް ބަލައިވެސް ނުލާ ބޭސް ކޮވިޑޭ ހިތާ ބޭސް ލިޔެލައިފަ ދެނީ. މިއުޅޭ ހެލްތްކެއާ މީހެންނަށް އެނގެނީ ގޭގަ ތިބޭށޭކިޔާފައި ނސޭހަތް ދޭން. ބައްޔެތްވީމަ ކީތްތޯ މިވަނީވެސް ބަލައިނުލައި.

  3. ރަމް

    އެެހެންވިއްޔާާ އިންފުލުއެންޒާކަން ދެނެގަނެެ ކަށަވަރުކުރާނީީ ކިހިނއކުންތޯޯ؟ އެފަދަަ ނިޒާމެއްް ގާއިމުކުރަންް ލާޒިމުކަމަށްް ފެނޭޭ.