ބޮލީވުޑް މުނިފޫހިފިލުވުން

ހަދިޔާއަކަށް ލިބުނު ކާރެއްގެ ސަބަބުން ނޯރާ ބޮޑު މައްސަލަގަނޑެއްގެ ތެރެއަށް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ބޮލީވުޑްގެ މަޝްހޫރު ނެށުންތެރިޔާ އަދި އެކްޓްރެސް ނޯރާ ފަތޭހީއަށް ހަދިޔާއަކަށް ލިބުނު ކާރެއްގެ ސަބަބުން އޭނާ ބޮޑު މައްސަލަގަނޑެއްގެ ތެރެއަށް ވެއްޓިއްޖެއެވެ.

Ads by STELCO

ރިޕޯޓުތަކުން ބުނާ ގޮތުގައި އެންފޯސްމަންޓް ޑައިރެކްޓަރޭޓް ، އީޑީން މިދުވަސްކޮޅު ދަނީ ސުކޭޝް ޗަންދްރަސޭކަރް ނަމަކަށް ކިޔާ މީހަކު ނޯރާއަށް ހަދިޔާއެއްގެ ގޮތުން ދިން ބީއެމްޑަބްލިޔު ކާރަކާ ގުޅިގެން ސުވާލު ކުރަމުންނެވެ.

އެއް ކްރޯޑް ރުފީސަށްވުރެ އަގުބޮޑު އެ ކާރަކީ މަކަރު ހަދައިގެން ބަޔަކު އަތުން ފައިސާ ހޯދައިގެން ސުކޭޝް ގަނެފައި ނޯރާއަށް ހަދިޔާ ކުރި ކާރެއް ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.

މި މައްސަލައިގައި ނޯރާ އީޑީއަށް ހާޒިރުކޮށް އަށް ގަޑިއިރަށް ވުރެ ގިނައިރު ސުވާލު ކުރުމަށްފަހު އިއްޔެ ވަނީ ދޫކޮށްލައިފައެވެ. ނަމަވެސް އިތުރަށް މިކަމާ ގުޅިގެން ސުވާލު ކުރަން މި ހަފްތާ ތެރޭގައި ވެސް ނޯރާ ހާޒިރު ކުރަން ޖެހިދާނެ ކަމަށް އީޑީން ވަނީ ނޯރާއަށް އަންގައިފައެވެ.

ރިޕޯޓުތަކުން ބުނާ ގޮތުގައި ސުކޭޝް ވަނީ އެކްޓްރެސް ޖެކަލިން ފަރނަންޑެސްއަށް ވެސް މިފަދައިން ހަދިޔާތައް ދީފައެވެ.

ސުކޭޝް މިފަދައިން ކަންތައް ކުރީ އޭނާގެ އަނބިމީހާ ލީނާ މާރިއާ ޕޯލް ބޮލީވުޑަށް ނެރެން މަސައްކަތް ކުރަން ކަމަށް ވެސް ރިޕޯޓުތަކުން ބުނެފައިވެއެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!