Friday, 6 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

އޮޑިޓް ދާއިރާ ކުރިއެރުވުމަށް އިންޑިއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

އޮޑިޓް ދާއިރާ ކުރިއެރުވުމަށް އިންޑިއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި
ރާއްޖޭގެ އޮޑިޓް ދާއިރާ ކުރިއެރުވުމަށް އިންޑިއާއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީއާއި ކޮންޓްރޯލާ އެންޑް އޮޑިޓާ ޖެނެރަލް އޮފް އިންޑިއާ ގިރީޝް ޗަންދްރާ މުރްމޫއެވެ. މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވަވައިފައި ވަނީ އޮޑިޓާ ޖެނެރަލް އޮފީހުގައެވެ.

މި ރަސްމިއްޔާތުގައި އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ ވިދާޅުވީ އިންޑިއާގެ ސީއޭޖީއަކީ ބައިނަލްއަގުވާމީ ގޮތުން ވެސް ތަޖުރިބާ ލިބިފައިވާ ބައެއް ކަމަށެވެ. އަދި މި އެއްބަސްވުމުގެ ދަށުން އެ ތަޖުރިބާގެ ފައިދާ ރާއްޖެއަށް ވެސް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއެއްބަސްވުމުގެ ދަށުން ދެ ޤައުމުގެ ދެމެދުގައި އޮޑިޓަރުން ތަމްރީން ކުރުމުގެ ޕްރޮގުރާމުތަކާއި، ފަންނީ މައުލޫމާތު ދިނުމުގެ ޕްރޮގުރާމްތައް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް