Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

މަހުމޫދު މަރައިލީ ސާލިމް އެކަނި ކަމަށް ދަނގެތީ ރައްޔިތުން ވެސް ޤަބޫލެއް ނުކުރޭ!

މަހުމޫދު މަރައިލީ ސާލިމް އެކަނި ކަމަށް ދަނގެތީ ރައްޔިތުން ވެސް ޤަބޫލެއް ނުކުރޭ!

އދ. ދަނގެތީގައި މި މަހުގެ 13 ވަނަ ދުވަހު އަނިޔާވެރި ގޮތަކަށް މަރައިލި އެ ރަށުގެ ވިޔަފާރިވެރިޔާ މަޙްމޫދު އަބޫބަކުރުގެ މަރުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ސާލިމް މިއާއަށް އެކަނި އެވަރު ކަމެއް ކުރެވިދާނެ ކަމަށް އެ ރަށުގެ މީހަކު ވެސް ޤަބޫލު ނުކުރާ ކަމަށް މަޙްމޫދުގެ އާއިލާއިން ބުނެފިއެވެ.

މަޙްމޫދުގެ އަންހެނުންގެ އެއްބަނޑު އެއްބަފާ ބޭބެ ޢަބްދުލްއަޒީޒު ޢުމަރު (އަޒީބެ)"ދެން"އަށް މައުލޫމާތު ދެމުން ބުނީ، ސާލިމްއަށް އެކަނި މަޙްމޫދަށް އެ ފަދައިން އަނިޔާކޮށް، ވަޅަކަށް ވައްޓައިލާ ހެދި ދާނެކަމަށް އެ އާއިލާގެ އިތުރުން މުޅި ދަނގެތިން މީހަކު ވެސް އަދި އޭނާ ދަންނަ މީހަކު ވެސް ޤަބޫލު ނުކުރާ ކަމަށެވެ.

"އަޅުގަނޑުމެން އެކަކަށް ވެސް ޤަބޫލެއް ނުކުރެވޭ މިއީ ހަމައެކަނި ސާލިމް މިއާއަށް އެކަނި ކުރެވިދާނެ ކަމަކަށް. ޤަބޫލެއް ނުކުރެވޭ އޭނަ އެކަނިމާއެކަނި މަޙްމޫދަށް އެހާ ރަހުމް ކުޑަ ގޮތަކަށް އަނިޔާކޮށް، އޭނަގެ (މަޙްމޫދުގެ) އެކި އެއްޗެހި އެކި ތަންތަނުގައި ފޮރުވައި، ބޮލުގައާއި ފައިކޮޅުގައި ސުތުލި ގޯންޏެއް އައްސައި، އުފުލައިގެން ގެންގޮސް ވަޅަކަށް ލެވިދާނެ ކަމަކަށް. ކިތަންމެ ހިކިކޮށް ކަމީނާކޮށް ހުންނަ މީހެއް ވިޔަސް މަރުވުމުން ހަށިގަނޑު ވަރަށް ބަރުވާނެ. އެހެންވީމަ ސާލިމްއަށް އެކަނި މިކަން ކުރެވިދާނެ ކަމަކަށް އަޅުގަނޑުމެންގެ އާއިލާ ކީއްކުރަން މި ރަށުން މީހަކު ވެސް އަދި މިކަމާ އަޅުގަނޑުމެންނަށް ފަސް ބިތުން ގުޅާ އެހެން ރަށްރަށު މީހުން ވެސް ޤަބޫލެއް ނުކުރޭ" އަޒީބެ ބުންޏެވެ.

Advertisement
Allied Insurance — Square (box)

އަޒީބެ އިތުރަށް ބުނީ މަޙްމޫދު މަރައިލަންވީ ސީދާ ސަބަބެއް އަދިވެސް ނުވިސްނޭ ކަމަށާއި މަޙްމޫދަކީ އެއްވެސް މީހަކަށް ފައިސާ ވެސް ދޭން ހުރި މީހެއް ނޫން ކަމަށެވެ. ނަމަވެސް އޭނާއަށް ފައިސާ ދޭންވެފައި ތިބި މީހުން ތިބޭނެ ކަމަށް ވެސް ބުންޏެވެ.

މަޙްމޫދު މަރައިލުމުގައި ޝާމިލުވާ އެންމެން ހޯދައި ދިނުމަށާއި ފުރިހަމަ ރަނގަޅު ތަހުގީގެއް މުއައްސަސާތަކުން ހިންގަވައިދެއްވުމަށް ވެސް އާއިލާގެ ފަރާތުން އަޒީބެ އެދުނެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް