އިކްރާމްގެ އިތުރު ކަންބޮޑުވުމެއް: މަޖިލީހުގައި މުޚާތަބް ކުރާއިރު "އިއްޒަތްތެރި މެންބަރުން" ކިޔަންވާނެ
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ވާހަކަދައްކަވާ އިރު، މެންބަރުންނާ މުޚާތަބު ކުރައްވަމުން "އިއްޒަތްތެރި މެންބަރު" ކިޔުމަށް ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވެއްޖެއެވެ.
މިއަދުގެ މަޖިލިސް ޖަލްސާގައި ހިޔާ ފްލެޓްގެ އަގު ކަނޑައެޅުމާ ގުޅޭ ގޮތުން މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވާހަކަ ދެއްކެވިއިރު "އިއްޒަތްތެރި މެމްބަރުން" ނުކިޔައި ވާހަކަ ދެއްކެވެމުން، އިކްރާމް ވަނީ ނިޒަމީ ނުކުތާއެއް ނަންގަވައި މެމްބަރުންނާ މުޚާތަބު ކުރާއިރު އެފަދައިން ކިޔުމަށް ދަންނަވައިފައެވެ. އަދި އިއްޒަތްތެރި މެމްބަރުން ނުކިޔާ ނަމަ ނުހަނު ކަންބޮޑުވާކަމަށް ވެސް އިކްރާމް ވިދާޅުވިއެވެ.
"އާދެ ހަމަ ތަކުރާރުކޮށް އިއްޒަތް ނުކިޔާތީވެ އަޅުގަނޑު ހަމަ ކަންބޮޑުވޭ އިނގޭތޯ. މަޖިލީހުގައި އިއްޒަތްތެރި މެމްބަރުން ކިޔަން ޖެހޭނެ." ދިއްގަރު ދާއިރާގެ މެންބަރު ވިދާޅުވިއެވެ.
މެންބަރު އިކްރާމް ވަނީ މީގެ ކުރިން ވެސް އެކި ހާލަތްތަކުގައި މެމްބަރުންނަށް ލިބޭ އިއްޒަތާ މެދު ކަންބޮޑުވުން ފާޅު ކުރައްވައި އެކި ވާހަކަތައް ދައްކަވައިފައެވެ.
“ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ވާހަކަ ދައްވާ އިރު، މެންބަރުންނާއި މުޚާތަބު ކުރައްވާއިރު “އިއްޒަތްތެރި މެންބަރު” ” މިހެން ކިޔާކަށްނުޖެހޭނެ އިއްޒަތް ފައިދަށުލީ ތި މެންބަރުން ، މިހާރަކު ތިއިއްޒަތެއްނެތް.
މަޖިލިސްތެރޭ އަމިއްލަޔަށް ޢިއްޒަތްތެރިކިޔައިގެން ވަކަރުގޭ ދަރިންހެން އުޅޭބޭބައެއްގެ އޮއްނާނީކޮން ޢިއްޒަތެއްބާ؟
ކިތައް ފަހަރުކީމަތަ ކީކަމަށްވަނީ ތިވާހަކަ ދައްކަންއޮތީ ތިނޫނިއްޔާ ނެތްދައްކާނެ ވާހަކައެއް. ޕިސް ޕިސް ޕިސް
ޢިތޒަތްތެރިނު ހަސަދާގެމެންބަރުން ތިމަޖިލީހައް އެއްމެއެކަށީގެވަނީ އެނައް