Thursday, 29 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ކުޑަކުއްޖަކާ ބަދުއަޚްލާގީ އަމަލެއް ހިންގި ކަމަށް ބުނާ މައްސަލައެއްގައި ބިދޭސީއަކު ހޯދަނީ

ކުޑަކުއްޖަކާ ބަދުއަޚްލާގީ އަމަލެއް ހިންގި ކަމަށް ބުނާ މައްސަލައެއްގައި ބިދޭސީއަކު ހޯދަނީ

ރ. އުނގޫފާރު ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ، ކުޑަ ކުއްޖަކާ ބަދުއަހުލާގީ އަމަލެއް ހިންގިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ބިދޭސީއަކު ހޯދަން ފުލުހުން އިއުލާނު ކޮށްފިއެވެ.

ފުލުހުން ވިދާޅުވެފައި ވަނީ ކުޑަކުއްޖަކާ އެކު ބަދުއަޚްލާގީ އަމަލު ހިންގި ކަމަށް ތުހުމަތު ކުރެވޭ މީހަކު، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައި ނުވާތީއާއި އުޅޭ ވަކި ތަނެއް އެނގިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށެވެ.

މި މައްސަލައިގައި ފުލުހުން ހޯދަމުން ދަނީ ބަނގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 36 އަހަރުގެ އިބްރާހިމް މުޙައްމަދުއެވެ. އޭނާގެ ޕާސްޕޯޓު ނަންބަރަކީ AB4430714 އެވެ.

Advertisement
HDC — Sidebar (box)

އިބްރާހިމް މުޙައްމަދު ފުލުހަށް ހާޒިރުކުރެވެނީ ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލެއް ހިންގިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ ތަހުގީގުގައި ސުވާލުކުރުމަށެވެ. އޭނާ ހާޒިރުވާން އަންގައިފައި ވަނީ އަންނަ ނޮވެމްބަރު މަހުގެ ހެނދުނު 10:00އަށް ރ. އުނގޫފާރު ޕޮލިސް ސްޓޭޝަނަށެވެ.

އުނގޫފާރު ޕޮލިސް ސްޓޭޝަން ނަންބަރަކީ 9791508އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް