Saturday, 7 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ނަރުހުގެ މަރު: ފިރިމީހާގެ ބަންދަށް 15 ދުވަސް

ނަރުހުގެ މަރު: ފިރިމީހާގެ ބަންދަށް 15 ދުވަސް

އައިޖީއެމްއެޗުގައި މަސައްކަތް ކުރާ ފިލިޕިންސް ނަރުހަކު ދަންޖެހިގެން މަރުވި ކަމަށް ބުނާ މައްސަލައިގައި އިއްޔެ ހައްޔަރު ކޮށްފައިވާ އޭނާގެ ފިރިމީހާގެ ބަންދަށް ކުރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފިއެވެ.

އައިޖީއެމްއެޗްގައި ހީމޯޑަޔަލެސިސް ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރި މޭރީ ގްރޭސް ޕިނޭޑާ މަރުވީ މިދިޔަ އަންގާރަ ދުވަހެވެ. އެ މައްސަލައިގައި ހައްޔަރު ކުރި އުމުރުން 29 އަހަރުގެ އޭނާގެ ފިރިމީހާ އައިޖީއެމްއެޗުގެ އީއާރުގައި މަސައްކަތް ކުރާ ނަރުހެއްކަމަށް ވެއެވެ. މިދެމަފިރިންގެ 4 އަހަރުގެ ދަރިއަކު ވެސް ހުރެއެވެ.

ފުލުހުން ވިދާޅުވީ، ޕޯސްޓު މޯޓަމް ހެދުމަށް އަންހެން މީހާގެ ހަށިގަޑު ރާއްޖެއިން ބޭރަށް ފޮނުވުމަށް ކުރަން ޖެހޭ މަސައްކަތް ކުރަމުންދާ ކަމަށާއި މައްސަލަ މިހާރު ތަޙްޤީޤް ކުރަމުން އަންނަ ކަމަށެވެ.

Advertisement
Allied Insurance — Square (box)

މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލައިގައި، އެ އަންހެންމީހާ މަރުވީ ދަންޖެހިގެންކަން ކަށަވަރު ވެފައި ނުވާ ކަމަށާއި އަދި އެ އަންހެންމީހާގެ ކަރުގައި ދަންޖެހިފައިވާ ކަމުގެ ނިޝާނެއް ވެސް ފެންނަން ނެތް ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް