އިޖުތިމާޢީ

ސުކޫލް ދަރިވަރުންގެ ހިމާޔަތުގައި "ރައިޒް އަޕް" މަގުމައްޗަށް!

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ސުކޫލު މާހައުލުގައި ދިމާވާ އެކިއެކި އަނިޔާތަކުން ސުކޫލު ދަރިވަރުން ހިމާޔަތް ކުރަން "ރައިޒް އަޕް"އިން އިސްނަގައިގެން މާދަމާ ސުލްހަވެެރި އެއްވުމެއް ބޭއްވުމަށް ނިންމައިފިއެވެ.

Ads by MWSC

މާދަމާ ހަވީރު 16:00ގައި ފަށާ މި ހަރަކާތް އޮންނާނީ ރަސްފަންނު ސަރަހައްދުގައި ކަމަށް "ރައިޒް އަޕް"އިން ބުނެއެވެ.

މާދަމާގެ އެއްވުމަކީ ސުލްހަވެރި އެއްވުމެއް ކަމަށާއި މި އެއްވުން ސުލްހަވެރިކަމާ އެކު ކުރިއަށް ގެންދިޔުމަށް ކަމާބެހޭ ފަރާތްތަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ފަރާތުން އެދެއެވެ.

"ރައިޒް އަޕް"އަކީ މިފަދަ ކަންކަމުގައި ސުލްހަވެރިކަމާ އެކު އަޑު އުފުލަމުން އަންނަ ޖަމްއިއްޔާއެކެވެ. މިގޮތުން މީގެ ކުރިން ވެސް އެ ފަރާތުން ވަނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށާއި އަންހެނުންގެ ހައްގުތައް ރައްކާތެރިކޮށް ދިނުމަށް ގޮވައިލާ މުޒާހަރާތަކެއް ކުރިއަށް ގެންގޮސްފައެވެ. އަދި މިފަދަ މުޒާހަރާތަކުގައި ގިނަ ބަޔަކު ބައިވެރިވެ އަޑު އުފުލަމުން ދާއިރު މިފަދަ ބައެއް މުޒާހަރާތަކުގައި ބައެއް މީހުންނަށް އަނިޔާވެފައިވާކަން ވެސް ފާހަގަ ކޮށްލެވެއެވެ. މިގޮތުން "ރައިޒް އަޕް"ގެ ފަރާތުން ރަސްފަންނުގައި ކުރިއަށް ގެންދިޔަ މުޒާހަރާއެއް ރޫޅައިލުމުގަައި ގިނަ ބަޔަކަށް އަނިޔާވެ ފުލުހުން ، ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރިކަމުގެ މައްސަލައެއް ފެންމަތިވެފައި ވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!