Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

މަޙްމޫދުގެ މަރު: ސާލިމްގެ ބަންދަށް އިތުރު 15 ދުވަސް

މަޙްމޫދުގެ މަރު: ސާލިމްގެ ބަންދަށް އިތުރު 15 ދުވަސް

ރަހުމް ކުޑަ ގޮތަކަށް މަރައިލި އދ. ދަނގެތީ ވިޔަފާރިވެރިޔާ މަޙްމޫދު އަބޫބަކުރުގެ މަރުގެ މައްސަލައިގައި ހައްޔަރު ކޮށްފައިވާ ބަނގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ސާލިމް މިއާގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިފިއެވެ.

ސާލިމް ހައްޔަރު ކުރީ، މަޙްމޫދު މަރައިލުމަށް ފަހު އެއްލައިލައިފައި އޮއްވާ ފެނުނުތާ ދެ ދުވަސް ފަހުންނެވެ. ދަނގެތީގައި އުމުރުން ދުވަސްވީ މީހަކު ބަލަން ހަވާލުކޮށްފައި ހުންނަ ސާލިމް ހައްޔަރު ކުރުމަށް ފަހު ކޯޓަށް ގެންދިޔުމުން ކޯޓުން ވެސް ވަނީ އޭރު ވަނީ އޭނާގެ ބަންދުގެ މުއްދަތަށް 15 ދުވަސް ޖަހައިފައެވެ.

ތޫނު އެއްޗަކުން ހަމަލައިދީ، ބޮލާއި ފައި ކޮޅުގައި ގޯންޏެއް އެއްސުމަށް ފަހު ފަޅުގެއެއްގެ ތެރޭގައި ހުރި ވަޅެއްގެ ތެރެއަށް މަޙްމޫދު އެއްލައިލައިފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 13ވަނަ ދުވަހުގައެވެ. އޭނާ ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިފައި ވަނީ ޖެހިގެން އައި ދުވަހުއެވެ.

Advertisement
Ooredoo — Truecaller (box)

މަޙްމޫދުގެ މަރާ ގުޅިގެން ދަނގެތީ މީހުން އެންމެ ފުރަތަމަ ޝައްކުކޮށްފައި ވަނީ އރަށުގައި އުޅުނު ތޮއްޑޫ ދެމީހަކަށެވެ. އެކަމުގެ ސަބަބުން ފުލުހުންނަށް އެ ދެމީހުންނަށް ހިމާޔަތް ދޭން ވެސް ޖެހުނެވެ.

މަޙުމޫދުގެ މަރާ ގުޅިގެން ބަނގްލަދޭޝް މީހާގެ މައްޗަށް ޝައްކުވެ ފުލުހުން އޭނާ ހައްޔަރުކުރީ މި މިހާ ދިރިއުޅޭ ގޭކައިރިން އެރޭ ދިޔަ މީހަކު ހިއްސާކުރި މައުލޫމާތުތަކާ ގުޅިގެންނެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް